ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި، ރައްޔިތުން "ބާރަށް އަތްޖަހަނީ"!

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީގައި މީހުން ދިރިއުޅޭ 14 ރަށް ހިމެނޭއިރު، އަބާދީގެ ޖުމްލަ އަދަދަކީ 13،000 މީހުންނެވެ. ހއ. ހޯރަފުށްޓަކީ އާބާދީގައި 3،445 މީހުން ދިރިއުޅޭ ރަށެކެވެ. އަތްތެރި މަސައްކަތް ކުރުމަށް މަޝްހޫރު އެރަށަކީ، އަދަބިއްޔާތާއި ޅެންވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަންނުވެރި ބަޔަކު ދިރިއުޅޭ ރަށެކެވެ.ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ނިމިދިޔަ ފަސް އަހަރުގައި އެރަށުގައި ހިންގާފައިވަނީ އެންމެ ހަތަރު މަޝްރޫއުއެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ހޯރަފުށީގައި ވަނީ 15 މަޝްރޫއު އެއް ހިންގާފައެވެ. އެ 15 މަޝްރޫއުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ މަޝްރޫއުތަކެއް ނިމިފައިވާއިރު، ސަރުކާރުން ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަކީ އޭގެ ސަބަބުން އެ ރަށްތަކުގައި ދިރިއުޅޭ އާބާދީއާއި އާންމު ފަރުދުންގެ މުދަލާއި ގޯތިގެދޮރުގެ ރައްކާތެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރުވާ ކަމެކެވެ.އެ މައްސަލައަށް ވެސް ރައީސް ޔާމީން ވަނީ ހައްލު ގެނެސްދެއްވާފައެވެ. އެ ކަމުގައި ސަރުކާރުން ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާ މިއަދު ރައްޔިތުންނަށް ވަނީ އޭގެ އެންމެ ފޮނިކަން މަތީ ލިބެން ފަށާފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ހޯރަފުށީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފެށިގެން ދިޔައެވެ. މި މަޝްރޫއުއަށް 20،961،265.9 ރުފިޔާ ސަރުކާރުގެ ބަޖެޓުން ވަނީ ހަރަދުކޮށްފައެވެ.މޯލްޑިވުސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ(އެމްޓީސީސީ) އާއި ހަވަލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއިކުރީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި މި މަސައްކަތުގެ އަމަލީ މަސައްކަތް ނިންމާފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.އެ މަޝްރޫއުގެ ދަށުން ހޯރަފުށީގެ ގިރާ ސަރަހައްދަށް 14،760 ކޮޑިމީޓަރަށް ވެލިއަޅައި ރަށުގެ އިރު އުތުރު ފަރާތުން 270 މީޓަރު އަދި ހުޅަނގު ދެކުނު ފަރާތުން 230 މީޓަރުގެ ސަރަހައްދެއްގެ އިތުރުން ގޮނޑުދޮށުގެ 80 މީޓަރާއި ހިސާބަށް ބޮޑު ހިލަ ޖަހައިގެން ވަނީ ހިމާޔަތްކޮށްފައެވެ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފައިވާ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލައި ދިރާސާކޮށް އެންމެ އެކަށޭނަ ނިޒާމުކަން އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.އެ މަޝްރޫއުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެ ރަށުގެ ތަރައްގީއަށް ނުހަނު ފައިދާ ކުރާނެކަން ޔަގީންވާ ކަމަށް އެ ރަށުގެ ރައްޔިތުން އިއްތިފާގުވެއެވެ. އާންމު ރައްޔިތުންގެ ޒަމާންވީ އުދާސްތައް، ހިނިތުންވުމަކަށް ބަދަލުވެގެންދާނެ މަޝްރޫއުއަކަށް ވެގެން ދާނެ ކަަމަށް އެ ރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.މޫސުމަށް އަންނަ ބަދަލުތަކުން ހޯރަފުށްޓާއި ހޯރަފުށީގެ ރައްޔިތުން ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށް އެ މަޝްރޫއު ވެގެންދާއިރު ހޯރަފުށީ ރައްޔިތުން ތިބީ ދިގު އިންތިޒާރުގެ ނިމުން ފާހަގަ ކުރުމަށް ނިކަން ރަނގަޅަށް ތައްޔާރުވެފައެވެ.ރައްޔިތުން އެފަދަ ބޮޑު އެހީއަކަށް އަދި ތަރައްގީގެ މުހިއްމު ފިޔަވަޅަކަށް ސަރުކާރަށް މަރުހަބާ ކިޔާ، ނިކަން ބާރަށް އަތް ޖަހާ، ރައީސް ޔާމީނަށް ޝުކުރު އަދާ ކުރެއެވެ. ރައީސް ޔާމިނަށް ދެވަނަ ދައުރެއް ދޭން އެވެރިން ތިބީ ތައްޔާރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ