ޝައިހް ޒައިދަށް ދީނީ ތަގުރީރު ދެއްވުމަށް އަލުން ހުއްދަ ދީފި

ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދަށް ދީނީ ތަގުރީރު ދެއްވުމަށް އަލުން އެ ހުއްދަ ދީފިއެވެ.
އަލީ ޒައިދަށް ދޫކޮށްފައިވާ ދީނީ ތަގުރީރު ދެއްވުމުގެ ހުއްދަ ބާތިލްކުރީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޒައިދްއަށް ދީފައިވާ ހުއްދަ ބާތިލް ކުރީ ޒައިދުއާ ގުޅޭ ގޮތުން މައްސަލަ ތަކެއް ބަލަމުން ދާތީ ކަމަށެވެ.
ޝައިހް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ ތަގުރީރު ދެއްވުމަށް އޭނާއަށް އަލުން ހުއްދަ ދީފައިވާ ކަމަށާއި މިކަމުގައި އޭނާއަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އުނދަގޫ މިދަނޑިވަޅުގައި ހިތްވަރު ދެއްވި ފަރާތްތަކަށް ހެޔޮ ދުއާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް ޝެއިޚް ޒައިދު ވަނީ މީސްމީޑިޔާގައި ދީނީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުން ނިންމަވާ ނިންމެވުންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާފައެވެ.
މިގޮތުން ދީނީ ދަރުސްތަކާއި ދީނީ ކަންކަމަށް ސުކޫލްތަކުގެ ހޯލް ނުދޭ މައްސަލައިގައި ލާދީނީ މީހެއް އެޑިއުކޭޝަން މިިނިސްޓްރީގައި ހުރިނަމަ އެމީހެއް ނެރެ އެތަން ސާފުކޮށްދިނުމަށް ޝެއިޚްވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ