އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ބާތިލު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ދައުވާ ބާތިލްކުރީ އެ ދައުވާގެ މިއަދު ބާއްވަން ޝެޑިއުލްކުރި ޝަރީއަތުގެ މަޖިލީހަށް އެމްޑީޕީން ހާޒިރުނުވުމުން ކަމަށެވެ. ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ ދައުވާ ބާތިލްކުރުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ.
މިއަދު ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލީހަށް ތާވަލްކޮށްފައި އޮތީ ޕީޖީ އޮފީހުން ނެގި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމުމަށްށެވެ.
އެމްޑީޕީން ޕީޖީ އޮފީހުގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ތަފާތު ނުކުރުމަށް ބުނެފައިވާ ބުނުމާއި ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާ ހަމަހަމަ ކަމުގެ އުސޫލާ ޚިލާފަށް ކަމަށެވެ. އަދި އެ ދައުވާ ބާތިލް ކުރުމަށް ޕީޖީގެ މައްޗަށް އަމުރުކޮށްދިނުމަށް އެ ދައުވާގައި އެދިފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ޝަރީއަތް މިހާރު ހުއްޓިފައިވަނީ އެ މައްސަލަ ބެލުން މަޑުޖައްސާލުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ އެވެ. އެ އަމުރު ނެރުނީ ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްހަކަމުގެ މައްސަލަ ހައި ކޯޓުން ބަލަމުންދާތީ އެވެ.
އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ