މިއަދުގެ މުޒާހަރާގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ކުރެއްވި މަސައްކަތަށް ތައުރީފު ކުރައްވާ ކުރީގެ ރާއީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ޓްވީޓް ކުރައްވައިފިއެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި މިއަދު ހިނގައިދިޔަ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ދެއްކެވި ރިވެތި އަހުލާގާއި މަސައްކަތުގެ ހަރުދަނާކަމަށްޓަކާ ފުލުހުންނަށް 'ސެލިއުޓް' ކުރައްވާ ކަމުގައި ވަނީ ވިދާޅުވެފައެވެ.
މިއަދުގެ މުޒާހަރާ ހަވީރު އާޓިފިޝަލް ބީޗުން ފެށިގެން ފުލުހުންގެ އެހީތެރިކަމާއި އެކު ކުރިއަށް ގޮސް، 6 ޖެހި އިރު ސޯސަލް ސެންޓަރ ކައިރިން ނިންމާނެ ކަމުގައި ފުލުހުންނާއި މަޝްވަރާކޮށްފައިވީ ނަމަވެސް، އެހިސާބުން މުޒާހަރާގެ އިސް ފަރާތްތައް ވަނީ ފުލުހުންނާއި ކުރިމަތިލުމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވާލާފައެވެ.
އެފަހުން މިރޭ މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ އެކި ދިމާއަށް އެއްވެ، މާލެ ތެރެ ހަލަބޮލިކޮށް އަދި ފުލުހުންނާއި ވެސް ކުރިމަތިލާފައެވެ. މި ކުރިމަތިލުންތަކުގައި ފުލުހުންނަށް ވަނީ އެކު ވަރުގެ އަނިޔާ ވެފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ދެ ފުލުހަކަށް އަނިޔާ ކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުން މި ދެ ފުލުހުންގެ ހާލު ސީރިއަސްއެވެ. އަދި މިރޭގެ ވަގުތެއްގައި މި ދެފުލުހުން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިޔުމަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ ހަރުދަނާ މަސައްކަތަށް މައުމޫން ތައުރީފު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ