ސިވިލް ކޯޓުން އިސްނަގައިގެން ތަންފީޒު ކުރަން ޖެހޭ މައްސަލަތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ މާލީ އިދާރާތަކާއި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކާއެކު މައުލޫމާތު ބަދަލު ކުރުމުގެ ބައްދަލުވުމެއް މިއަދު ހެނދުނު ސިވިލް ކޯޓުގައި ބާއްވައިފި އެވެ.
މިބައްދަލުވުމުގައި ބައިވެރިންވަނީ ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކޯޓުގެ ނިންމުންތަކަކީ ހުށަހެޅުމަކާއި ނުލައި ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ތަންފީޒުކުރަންޖެހޭ މައްސަލަތަކެއް ކަމުގައިވާއިރު ސިވިލް ކޯޓު ނޫން ތަންތަނަށް ފައިސާ ދައްކަން ޙުކުމް ކުރުމުން، މުއްދަތު ހަމަވާއިރު ފައިސާ ދެއްކިކަން ނުވަތަ ނުދައްކާކަން ކޯޓަށް އަންގާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.
ސިވިލް ކޯޓުން ބުނީ ކޯޓުގެ އިސްނެގުމަށް ތަންފީޒު ކުރަންޖެހޭ މައްސަލަތަކާ ބެހޭ އުސޫލެއް ވަރަށް އަވަހަށް އެކަށައަޅާނެ ކަމަށެވެ.
ސިވިލް ކޯޓުން ނިންމާ މައްސަލއެއްގައި ފައިސާ ހިމެނޭނަމަ އެފައިސާ ދެއްކުމަށް ކަނޑައަޅާނީ ސިވިލް ކޯޓަށް ނުވަތަ މާލީ އިދާރާއެއްނަމަ އެއިދާރާއަށް ކަމަށް ސިވިލް ކޯޓުން ބުނެއެވެ.
މިއަދުގެ ބައްދަލުވުމުގައި ސިވިލް ކޯޓު ހިންގުމާހަވާލުވެހުންނެވި ގާޒީ އަބްދުﷲ އަލީ އާއި ސިވިލް ކޯޓުގެ ގާޒީންނާއި ކޯޓުގެ ރަޖިސްޓްރާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސިވިލް ކޯޓުން އިސްނަގައިގެން ތަންފީޒު ކުރަން ޖެހޭ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ