އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ހޮވަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށްވުރެ ގާބިލު ކެންޑިޑޭޓެއް ނެތްކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހަސަން ވިދާޅުވެއްޖެއެވެ.
ހިސާން މިފަދައިން ވިދާޅުވީ ފުވައްމުލަކު ސިޓީގައި ބޭއްވި، ފައްޔާޒާއި ރޮޒޭއިނާގެ ކެމްޕެއިން ބައްދަލުވުމެއްގައި ވަހަކަފުޅުދަށްކަމުންއެވެ.
ހިސާން ވިދާޅުވީ އަންހެނުންގެ ރޫހުގެ ރައީސާއަށް ނިކުމެ ތިއްބެވި ބޭފުޅުންގެ ތެރެއިން ރޮޒައިނާއަށް ވުރެ ގާބިލް ބޭފުޅަކު ނެތް ކަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރެވޭނީ ސިޔާސީ ގޮތުން އުރަތްޕެއް ހުރި މީހަކަށް ކަމަށެވެ.
އަދި ހިސާން ވިދާޅުވީ މިފަދަ މަގާމަކަށް ކުރިމަތިލާ މީހަކީ އަމިއްލަ ދެފައި މައްޗަށް ކޮޅަށް ތެދުވެ ހުރި މީހަކަށް ވާން ޖެހޭ ކަމަށާއި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މި ސިފަތައް ހުރީ ރޮޒެއިނާގެ އެކަނި ކަމަށެވެ.
އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ރޮޒޭ އާއި ފައްޔާޒު ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެ އިންތިހާބުގައި ވާދަ ކުރައްވަނީ އިންތި އާއި ސަފާތުއެވެ.
އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ހޮވަން، ރޮޒޭ އަށްވުރެ ގާބިލު ކަނބަލެއް ނެތް: މެމްބަރު ހިސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ