ޖަލުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝް މައުމޫނާ ބައްދަލު ކުރެއްވުމަށް އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެއްބަނޑުއެއްބަފާ ދައްތަ، އަދި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު މާފުށީ ޖަލަށް ވަޑައިގެންފި އެވެ.
ފާރިސް ޖަލަށްލާފައި ހުރީ އޭނާގެ މައްޗަށް ތުހްމަތުކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތްތައް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ. އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ފާރިސް ބަންދު ކުރި ފަހުން އޭނާއާ ބައްދަލު ކުރައްވަން ފުރަތަމަ ފަހަރަށް ވަޑައިގެނނެވުމަށް ފަހު ރައީސް މައުމޫނު ވަނީ އެމަނިކުފާނާއި ދަރިކަލުން ދުންޔާ މައުމޫނު މާފުށީ ޖަލުކައިރީ ހުންނަވައިގެން ފޮޓޯ ނެންގުވުމަށް ފަހު ޓުވީޓް ކުރައްވާފަ އެވެ.
ފާރިސްގެ މައްޗަށް ވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް އުފުލާފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައްް މިހާރު ކުރިއަށްދެ އެވެ. ނމަަވެސް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް އަދިނުފަށަ އެވެ. ފާރިސްގެ މައްސަލަތަކުގެ އަޑުއެހުންތަކަށް ރައީސް މައުމޫނު ވެސް އަދި ދުންޔާ ވެސް މީގެ ކުރިން ކްރިމިނަލް ކޯޓަށް ވަޑައިގެންފަ އިވެއެވެ.
ފާރިޝްގެ މައްޗަށް ހިންގާ ޝަރީއަތާ އަދި ކޮށްފައިވާ ތުހްމަތުތަކަށް ރައީސް މައުމޫނު ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ޔުމްނާ މައުމޫނު ވެސް އިދިކޮޅު ކޯލިޝަނާ ގުޅިގެން ސަރުކާރަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ނަމަވެސް ފާރިސްގެ އެއްބަނޑުއެއްބަފާ ދައްތަ ދުންޔާ މައުމޫނާއި އެއްބަނޑު އެއްބަފާ ބޭބެ ގައްސާން މައުމޫނު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވުމުން އެކަމަށް އާންމުން ވަރަށް ބޮޑަށް ގެންދަނީ ފާޑު ވިދާޅުވަމުންނެވެ.
މަންމާފުޅު ނަސްރީނާ އިބްރާހީމާއި ދައްތަ، ޔުމްނާ މައުމޫން ވެސް ވަނީ މީގެ ކުރިން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވައިފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދުންޔާއާއި ރައީސް މައުމޫނު މާފުށީ ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ