ރައީސް މައުމޫން ސިންގަޕޫރަށް ފުރާ ވަޑައިގެންފި

ދިވެހި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ސިންގަޕޫރަށް މިރޭގެ ވަގުތެއްގައި ފުރާ ވަޑައިގެންފިއެވެ.
ޢާއިލީ ކަމެއްގައި ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވާފައިވާއިރު މީގެ ކުރިން އެބޭފުޅާ ވަނީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހިމް ކެންސަރަށް ފަރުވާ ކުރައްވަމުން ގެންދެވުމުން ގިނަ ދުވަސްތަކެއް އިންޑިއާގައި ހޭދަ ކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެމަނިކުފާނު ބޭރަށް ފުރާ ވަޑައިގެންފައި މިވަނީ 10 ދުވަހުގެ މުއްދަތައް ކަމަށް އެސީސީ އަށް ފޮނުއްވާފައިވާ ސިޓީ އެއްގައި ވެއެވެ.
އެ ސިޓީގައި އެމަނިފާނުގެ ދަތުރުފުޅާއި ބެހޭ ގޮތުން މައުލޫމާތު ޙިއްސާ ކުރައްފައިވާއިރު އެސީސީ އިން އެމަނިކުފާނު އެ ކޮމިޝަނަށް ހާޒިރު ވާޏް ޖެހޭ ވަކި ތާރީޙެއް އަންގާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ