އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު ހައްޔަރުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ހައްޔަރުކޮށްފި އެވެ.
އާންމުކޮށް އެމްޑީޕީ ޖަލްސާތަކުގައި ވާހަކަ ދައްކަވާ އަންވަރު މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ އެމްޑީޕީ ހަރުގޭގައި ހުންނަވަނިކޮށެވެ.
ފުލުހުން ބުނީ އަންވަރު ހައްޔަރުކުރީ އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް ތަންތަނަށް އެއްވާން ހިތްވަރު ދިނުމާއި ފުލުހުންގެ އެންގުންތަކަށް އަމަލު ނުކުރަން ހިތްވަރު ދިން މައްސަލައިގައި ކަމަށެވެ.
އަންވަރު ހައްޔަރުކުރީ އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް ހިންގަނީ މަދު ބަޔަކަށް ވާތީ އެ ހަރަކާތްތަކަށް ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ