މެއިންރޯޑް ފިހާރައަށް މީހަކު ވަދެ ސޭޓަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފި

މަޖީދީމަގުގައި ހުންނަ މެއިންރޯޑް ފިހާރައަށް މީހަކު ވަދެ އެ ފިހާރައިގައި އިން އަންހެން ސޭޓަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ފައިވާން ވިއްކާ މި ފިހާރައަށް މީހަކު ވަދެފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށާއި އެ ފިހާރައަށް ވަގު ފުރަތަމަ ވެސް ވަދެ، އަންހެން ސޭޓަށް ހަމަލާދީ މާރާމާރީ ހިންގީ ކަމަށެވެ.
އަދި އެއަށްފަހު އަންހެން ސޭޓުގެ އިސްތަށިގަނޑު ބުރިކޮށްލުމުގެ ސަބަބުންނާއި އެ އަންހެން މީހާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހޭނެތުނު ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އަންހެން ސޭޓަށް ހަމަލާދިނުމަށްފަހު އެ ފިހާރައިގެ ވަތްގަނޑުން 10،000ރ ވަގަށް ނަގައިގެން ފިލާފައިވާ ކަމަށެވެ.
އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އަންހެން މީހާ މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި މި މައްސަލަ އާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ