ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް 3.6 ބިލިއަން

އެސްޓީއޯއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.އެސްޓީއޯއިން އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓާރުގެ ހިސާބުތައް ދައްކާ ގޮތުގައި މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 12 ޕަސެންޓް ދަށްވުމެކެވެ. ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯ އިން ފާހަގަކުރީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި މި ކުއާޓަރުގައި ތެލުގެ ޑިމާންޑް ދަށްވުމެވެ.ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި 574 މިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ދެ ޕަސެންޓް ދަށްވުމެކެވެ. ނަމަވެސް ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފަ އެވެ.ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއި ނިސްބަތުން ހިންގުމުގެ ހަރަދު އިތުރުވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 236 މިލިއަން ރުފިޔާ އެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 11 ޕަސެންޓް ދަށްވުމެކެވެ. އެސްޓީއޯގެ ޖުމްލަ ފައިދާ ދަށްވުމާއި ނިސްބަތުން ހިންގުމުގެ ހަރަދު އިތުރުވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 236 މިލިއަން ރުފިޔާ އެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 11 ޕަސެންޓް ދަށްވުމެކެވެ. ކުންފުނީގެ ހިންގުމުގެ ފައިދާ ދަށްވި ނަމަވެސް ދެވަނަ ކުއާޓަރުގައި އިންވެސްޓްމަންޓް އިންކަމް އިތުރުވުމާ އެކު ނެޓް ފައިނޭންސް ކުޑަކުރެވި ޓެކްހަށް ކެނޑުމުގެ ކުރިން ދެ ވަނަ ކުއާޓަރުގެ ސާފު ފައިދާ އަކީ 198 މިލިއަން ރުފިޔާ އެވެ.އަދި ޓެކުހަށް ކެނޑުމަށް ފަހު، ދެވަނަ ކުއާޓަރުގެ ސާފު ފައިދާ އަކީ 163 މިލިއަން ރުފިޔާ އެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ތިން ޕަސެންޓްގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ސާފު ފައިދާ 15 މިލިއަން އިން އިތުރުވެ، 10 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ