ސްކޫލް ޓީޗާސް ކުރިކެޓް މުބާރާތް ފަށައިފި

ކްރިކެޓް ބޯޑުުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ސްކޫލް ޓީޗާސް ކުރިކެޓް މުބާރާތް ފަށައިފި އެވެ.
ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައި އިއްޔެ ފެށި މުބާރާތުގައި ބައިވެރިވެފައި ވަނީ 8 ޓީމެވެ. މިމުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެގުރޫޕަކަށް ބަހާލާއިގެން ލީގު އުސޫލުން ކުޅުމަށްފަހު ސެމީފައިނަލާއި ފައިނަލު ކުޅޭގޮތަށެވެ.
މުބާރާތުގެ ގުރޫޕް އޭގައި ހިމެނޭ ސްކޫލް ތަކަކީ ގިޔާޒުއްދީން، ބިލަބޮންގު، އިމާދުއްދީން އަދި ތާޖުއްދީން ސްކޫލެވެ. އަދި ގްރޫޕް ބީ ގައި ހިމެނޭ ސްކޫލްތަކަކީ އަހުމަދިއްޔާ، ސީއެޗް އެސްއީ، މުހިޔިއްދީން އަދި ދަރުމަވަންތަ ސްކޫލެވެ.
ކުރިކެޓް ބޯޑުން ބުނީ، މިމުބާރާތަކީ ސްކޫލްތަކުގެ ޓީޗަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި ބާއްވާ މުބާރާތެތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ