ރައީސް ނަޝީދާއި , އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ގޯސް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އަރިހުގައި ދެންނެވި ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ވިދާޅުވީ އެގޮތަށް ވިދާޅުވުމުގެ އެއްވެސް ހައިސިއްޔަތެއް ނެތްކަން އެނގިވަޑައިގަންނަވާ އިރުވެސް އެވާހަކަ ފޯނުމެދުވެރިކޮށް އަދި ސިޓީއަކުންވެސް ދަންނަވާފައިވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ނުއުފުލޭނެ ކަމަށް ވިދާޅުނުވީ އެ ދައުވާގެ ސަބަބުން ސިފައިންގެ މުޅި މުއައްސަސާ އަކީ ޓެރަރިޒަމް ހިންގާ ތަނެކޭ ނުސީދާކޮށް ބުނެވޭނެތީ ކަމަށެވެ.
"އަބްދުﷲ ގާޒީ ހައްޔަރު ކުރަން ނަޝީދު އަމުރު ކުރެއްވީ ސިފައިންގެ މައްޗަށް. [ނަޝީދަށް] އެ ދައުވާ ކުރުމުން ވާ ގޮތަކީ ނުސީދާކޮށް މި ބުނެވެނީ އެމްއެންޑީއެފްއަކީ ޓެރަރިޒަމް ހިންގާ އޮގަނައިޒޭޝަނެކޭ. އެހެންވެ އަޅުގަނޑު ދެންނެވީ ކުށަކާ ދައުވާއާ ނުގުޅެއޭ،" އުމަރު ވިދާޅުވި އެވެ.
ނަޝީދު ނާޒިމް އަދި އިމްރާން ގެ މައްޗަށްކުރި ދައުވާ ގޯސްކަމަށް އިމްރާނަށް ދެންނެވިން- އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ