ލަންކާއަށް ދާ ދިވެހީން ވެސް އީޓީއޭ ހުށަހަޅަން ޖެހޭ ގޮތް ހަދައިފި
ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުވާލުމަށްފަހު، މި މަހުގެ 25 އިން ފެށިގެން އަލުން އެ ނިޒާމަށް އަމަލުކުރަން ފަށައިފިއެވެ. ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމުގައި އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އީޓީއޭ ފޯމު ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް، ދިވެހި ރައްޔިތުންނަށް ކުރިން ވެސް އޮންނަ އުސޫލުގެ ދަށުން، އެއްވެސް އިތުރު ފީއަކާ ނުލައި 90 ދުވަހުގެ ޓޫރިސްޓް ވިސާ ލިބޭނެކަމުގެ ޔަގީންކަން ހައިކޮމިޝަނުން ވަނީ ދީފައެވެ. ލަންކާއަށް ދަތުރުކުރުމުގެ 24 ގަޑިއިރު ކުރިން ހޯދަންޖެހޭ މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ eta.gov.lk ވެބްސައިޓް މެދުވެރިކޮށެވެ. https://sun.mv/216434 އީޓީއޭ ހުށަހެޅުމުގައި ލަންކާ ސަރުކާރުން އެއްވެސް ގައުމެއް އިސްތިސްނާކޮށްފައެއް ނުވެއެވެ. ހައިކޮމިޝަނުން ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމުގައި ލަންކާއަށް އެތެރެވާ ކޮންމެ ގައުމެއްގެ ރައްޔިތަކުވެސް އީޓީއޭ ފުރިހަމަކުރަން ލާޒިމުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ