ހަ ކޯހުގެ ފަންނީ ތަމްރީނަށް ފަހު، ވަތަނީ ޚިދުމަތުގެ 63 ޒުވާނުން ދަސްވެނިއްޖެ

ހަ ކޯހުގެ ފަންނީ ތަމްރީނަށް ފަހު، ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ 63 ޒުވާނުން މިއަދު ދަސްވެނިވެއްޖެއެވެ. މި ގޮތުން، ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީނު ހެދީ، ޅ. މާފިލާފުށީގައެވެ. އެ ތަމްރީނުތަކަށް ފަހު، މިދިޔަ އަހަރުގެ ޑިސެންބަރު 28 ގައި 344 ދަރިވަރުން އެ ޕްރޮގްރާމުން ދަސްވެނިވިއެވެ. ކުޑަ ދުވަސްކޮޅެއްގެ ބްރޭކަކަށް ފަހު، އޭގެ ތެރެއިން ބޭނުންވާ ދަރިވަރުން ވަނީ އިތުރު ތަމްރީނަށް ބ. ކިހާދޫއަށް ފޮނުވާފައެވެ. އެއީ، 65 ދަރިވަރުން ކަމަށްވާއިރު، މިއަދު އޭގެތެރެއިން ދަސްވެނިވީ 63 ކުދިންނެވެ. އެއީ، 35 ރަށަކަށް ނިސްބަތްވާ 14 އަންހެން ކުދިންނާއި 49 ފިރިހެން ކުދިންނެވެ. އެ ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިން އޮފިސަރު މޭޖާ ހުސައިން ޝާހިދު ވިދާޅުވީ، މިދިޔަ ހަތަރު މަސް ދުވަހު އެ ޒުވާނުން ހަ ކޯހެއްގެ ފަންނީ ތަމްރީނު ފުރިހަމަކުރި ކަމަށެވެ. ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިން އޮފިސަރު މޭޖާ ހުސައިން ޝާހިދު ----- އެއީ، ސެޓްފިކެޓް ލެވެލް ތިނެއްގެ އޮޓޯ މޮބައިލް އިންޖިނިއަރިން ކޯހާއި މެރިން އިންޖިނިއަރިން ކޯހާއި އިލެކްޓްރީޝަން ކޯހާއި ރެފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން ކޯހާއި ވެލްޑިން އެންޑް ފެބްރިގޭޝަން ކޯހާއި އޮފީސް މެނޭޖުމަންޓް ކޯހެވެ. އެ ކޯސްތަކުގެ ނަތީޖާތައް ވެސް އޭނާ ވަނީ ކިޔައިދެއްވާފައެވެ. މި ގޮތުން، 32 ޒުވާނުން 85 އިންސައްތައަށް ވުރެ މަތިން ހާސިލުކޮށް، ހަޔާ ޑިސްޓްކްޝަން ލެވެލްގައި ފާސްވިއިރު، 18 ދަރިވަރުން 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދިއެވެ. އެ ދަރިވަރުން ފާސްވީ، ޑިސްޓިންކްޝަން ލެވެލްގައެވެ. މީގެ އިތުރުން، 11 ދަރިވަރުން 65 އިންސައްތައަށް ވުރެ މަތިން ހާސިލުކޮށްފައިވާއިރު، އެއް ދަރިވަރަކު ފާސްވީ 50 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދައިގެނެވެ. https://sun.mv/222096 ޝާހިދު ވިދާޅުވި ގޮތުގައި، އެ ސެޓްފިކެޓްތަކުގެ ސަބަބުން ޒުވާނުންނަށް ވަޒީފާ ލިބި، މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވާނެއެވެ. އަޅުގަނޑު ދަންނަވާނީ މިއަދު މި ދަސްވެނިވާ ޒުވާނުންނަކީ ސިފަވަންތަ، ހުނަރުވެރި، ގާބިލު، އަދި ޒިންމާދާރު ދަރިންތަކެއް ކަމުގައި،ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިން އޮފިސަރު މޭޖާ ހުސައިން ޝާހިދު ފާހަގަކުރެވޭ ގޮތުގައި، ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ 344 ޒުވާނުން ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ ދަސްވެނިވެފައެވެ. އެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ