ދިވެހި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ ކަނޑު މަހުގެ އުފެއްދުންތެރިކަން އިތުރުކޮށް، މަތީ ފެންވަރުގެ ކޮލިޓީއެއްގައި ބޭރުގެ ބާޒާރުތަކަށް މަސް ބޭރުކުރުން އިތުރުކުރުން ކަމަށް ފޮރިންގ މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްތީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ، އިނގިރޭސިވިލާތާއި ވިލާތުގެ ބާޒާރުތަކުގައި ދިވެހި މަހަށް ހުރި ހުރަސްތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހަށް ނަގަމުން އައި 20 އިންސައްތައިގެ ޓެރިފް ދެ އަހަރު ދުވަހުގެ މުއްދަތަށް މިހާރު ވަނީ މެދުކަނޑާލާފައެވެ. މިނިސްޓަރު ވިދާޅުވީ މި ލުޔަކީ ދާއިމީ ލުޔަކަށް ހެދުމަށް އިނގިރޭސި ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ބާޒާރުތަކުންވެސް ޑިއުޓީ މައާފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަމާޒަކީ ކަނޑު މަހުގެ އުފެއްދުންތެރިކަން އިތުރުކޮށް ރަނގަޅު ކޮލިޓީއެއްގައި ބޭރުކުރުން: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ