ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ފަށާނީ ހުރާ އާއި ގްރީން ސްޓްރީޓްސްގެ މެޗުން

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ މެޗުތައް އަންނަ ހޯމަ ދުވަހު، ކ. ހުރާ އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުން ފަށަން ނިންމައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޝެޑިއުލް އާންމުކޮށްފި އެވެ. 
ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލާފައިވާ ގޮތުން ވަނީ ހަތަރު ރީޖަން އަކަށް ބެހިފަ އެވެ. އެ ގޮތުން، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށް ބަހާލައިފައިވާއިރު، މާލެ ރީޖަނަކީ ކުރީގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާެރާތެެވެ. 
މާލެ ރީޖަނުގެ ޗެމްޕިއަނުންގެ ގޮތުގައި ބިސް ބުރު ސްޕޯޓްސް އިން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނެ އެވެ، އަދި، ނޯތު ރީޖަނުން ލިބޭ ޖާގަ ހއ. ދިއްދޫން ހޯދިއިރު، ސެންޓްރަލް ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހުރާ އަށް ވަނީ ލިބިފަ އެވެ. ކޮލިފިކޭޝަންގެ ފަހު ޖާގަ ހޯދީ ސައުތު ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އެވެ. 
ރީޖަންތަކުގެ ޗެމްޕިއަނުންގެ އިތުރުން ދެން ކޮލިފިކޭޝަންގައި ކުޅޭނީ ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.
އެ ގޮތުން، ކޮލިފިކޭޝަންގެ މެޗުތައް އެފްއޭއެމް އިން ރާވާފައި އޮތީ މި މަހުގެ 8-24 އަށެވެ.  ހުރާ އާއި ގްރީން ސްޓްރީޓްސް މެޗުން ކޮލިފިކޭޝަން ފަށާއިރު، ދެން ފުރަތަމަ މެޗުތަކުގައި ބައްދަލުކުރާނީ ގައްދޫ އާއި ދިއްދޫ އަދި ބިސް ބުރު އާއި ޓީސީ އެވެ. 
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރިމިއާ ލީގު 26/27 ސީޒަނުން ޖާގަ ލިބޭނެ އެވެ. އަންނަ އޮގަސްޓް މަހުގެ ތެރޭގައި، ދިވެހި ޕްރިމިއާ ލީގުގެ ސީޒަން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިިބިފަ އެވެ. 
8 ޖޫން، 16:00 - ހުރާ - ގްރީން ސްޓްރީޓްސް
8 ޖޫން، 21:00 - ގައްދޫ - ދިއްދޫ
9 ޖޫން، 21:00 - ބިސް ބުރު - ޓީސީ
12 ޖޫން، 16:00 - ގްރީން ސްޓްރީޓްސް - ބިސް ބުރު
12 ޖޫން، 21:00 - ހުރާ - ގައްދޫ
13 ޖޫން، 21:00 - ދިއްދޫ - ޓީސީ
16 ޖޫން، 16:00 - ހުރާ - ދިއްދޫ 
16 ޖޫން، 21:00 - ޓީސީ - ގްރީން ސްޓްރީޓްސް
17 ޖޫން، 16:00 - ގައްދޫ - ބިސް ބުރު
20 ޖޫން، 16:00 - ގްރީން ސްޓްރީޓްސް - ދިއްދޫ
20 ޖޫން، 21:00 - ހުރާ - ބިސް ބުރު
21 ޖޫން، 16:00 - ގައްދޫ - ޓީސީ
24 ޖޫން، 16:00 - ހުރާ - ޓީސީ
24 ޖޫން، 21:00 - ގްރީން ސްޓްރީޓްސް - ގައްދޫ
25 ޖޫން، 21:00 - ދިއްދޫ - ބިސް ބުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ