ފިނޭންސް މިނިސްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޙަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފިނޭންސް މިނިސްޓަރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަންކުރައްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ޒަރީރަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ކޮމިޓީން ޒަރީރުގެ މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. ވަޒީރުންނަށް ރުހުން ދިނުމާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.
ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ