އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

ފީފާ ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން "އެސްޓީއޯ ވޯލްޑް ކަޕް ފޯރި"ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.އެސްޓީއޯ އިން ބުނީ މި ހާއްސަ ޕްރޮމޯޝަންގައި ޓީވީތަކާއި ޕްރޮޖެކްޓަރުތަކުން ހާއްސަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އެގޮތުންމި ޕްރޮމޯޝަންގެ ދަށުން ގިނަ ބްރޭންޑްތަކެއްގެ ޓީވީތަކާއި ޕްރޮޖެކްޓަތަކުން 28 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި ފިލިޕްސް ބްރޭންޑުގެ ޓީވީ އާއި އެލްޖީ ބްރޭންޑުގެ ޓީވީގެ އިތުރުން އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރު ހިމެނެ އެވެ.އެސްޓީއޯ އިން ބުނީ މި ޕްރޮޑަކްޓްތަކުން 500ރ. އިން މަތިން ވިޔަފާރިކޮށްގެން މި ޕްރޮމޮޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުންގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ ފަސް ދުވަހުގެ މެލޭޝިޔާ ދަތުރެއް ލިބިގެންދާނެ އެވެ.ރީޓެއިލް ކަސްޓަމަރުންގެ އިތުރުން ހޯލްސޭލް ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުން ވަރަށް ހާއްސަ އަގުހުރި އިނާމުތަކެއް ލިބިގެންދާނެކަން އެސްޓީއޯ އިން ފާހަގަ ކުރެ އެވެ. އެގޮތުން ހޯލްސޭލް ކަސްޓަމަރުންނަށް 3000ރ. އިން މަތީގެ ވިޔަފާރި ކުރައްވައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި ކޮންމެ 3000ރ. އިން މަތީ އިންވޮއިސް އަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.އެސްޓީއޯގެ މި ޕްރޮމޯޝަންގައި ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ހާއްސަ އިނާމްތަކެއް ވަނީ ލިބިގެންދާނެ އެވެ.އެގޮތުން 1 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަށް 30،000ރ. ޕްރޮޑަކްޓްތައް ލިބޭއިރު ދެވަނައަށް ހޮވޭ ފަރާތަށް، 20،000ރ. ޕްރޮޑަކްޓްތައް އަދި 3 ވަނައަށް ހޮވޭ ފަރާތަށް 10،000ރ. ގެ ޕްރޮޑަކްޓްތައް ލިބޭނެ އެވެ.މީގެ އިތުރުންވެސް ކޮންމެ ހަފްތާއަކު، ވޯލްޑް ކަޕާއި ގުޅެ އެކިއެކި ހަރަކާތްތަށް މެދުވެރިކޮށް ތަފާތު އިނާމްތައް ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ، ހިތްހަމަ ޖެހިލައިގެން، އެއް މާހައުލެއްގައި އާއިލާއާއެކު ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށާއި ޖުލައި 12، 2026 ގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ.އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ