ތަޖުރިބާކާރު ކަށީގެ އޮޕަރޭޝަން ޑޮކްޓަރު ހަބީބު ކުޅުދުއްފުށީ ގައިނޯވާ ކްލިނިކަށް

ތަޖުރިބާކާރު ކަށީގެ ހާއްސަ އޮޕަރޭޝަން ޑޮކްޓަރު، ޑރ. މުހައްމަދު ހަބީބު މިޖޫން 27 އިން ފެށިގެން ކުޅުދުއްފުށީ ގައިނޯވާގައި ބަލިމީހުން ބައްލަވަން ފަށްޓަވާނެއެވެ.
ޑރ. މުހައްމަދު ހަބީބަކީ ކަށީގެ ބަލިތަކާއި، ކަށީގެ އަނިޔާތަކަށް ފަރުވާދިނުމުގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ތަޖުރިބާކާރު އެއް ޑޮކްޓަރެވެ. އޯތޮޕީޑިކް ސާޖަރީ، ސްޕޯޓްސް މެޑިސިން، އަދި ކުއްލި އަނިޔާތަކަށް ފަރުވާދިނުމުގައި އޭނާއަކީ ފުންނާބު އުސް ބޭފުޅެކެވެ.
ޑރ ހަބީބުގެ މުޅި ކެރިއަރު ހޭދަކުރައްވާފައިވަނީ މަސްކިއުލޯސްކެލެޓަލް (މަސްތަކާއި ކަށިތަކާ ގުޅުންހުރި) ބަލިތައް ދެނެގަތުމާއި، އެކަމަށް ފަރުވާދިނުމާއި، ބަލިމީހުންގެ ހަރަކާތްތެރިކަން އަލުން އިއާދަކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުމުގައެވެ.
ޑރ. ޙަބީބު އެމް.ބީ.ބީ.އެސް ފުރިހަމަކުރެއްވީ އިންޑިއާގެ ރަންގަރާޔާ މެޑިކަލް ކޮލެޖުންނެވެ. އެއަށްފަހު، މާސްޓަރ އޮފް ސާޖަރީ (އެމް.އެސް) އޯތޮޕީޑިކް އެންޑް ޓްރޯމާ ސާޖަރީގެ ދާއިރާއިން ހާސިލްކުރެއްވީ ނޭޕާލްގެ ޓްރިބޫވަން ޔުނިވަރސިޓީ އިންސްޓިޓިއުޓް އޮފް މެޑިސިންއިންނެވެ.
އޭނާގެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި:
• ސީނިއާ ކޮންސަލްޓަންޓް އޯތޮޕީޑިކް ސާޖަން، އައި.ޖީ.އެމް.އެޗް
• ހެޑް އޮފް ޑިޕާޓްމަންޓް، އޯތޮޕީޑިކް އެންޑް ޓްރޯމާ ސާޖަރީ، އައި.ޖީ.އެމް.އެޗް
• ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ، އައި.ޖީ.އެމް.އެޗް
• ސްޓޭޓް މިނިސްޓަރ އޮފް ހެލްތް، ދިވެހިރާއްޖެ
ޚާއްޞަ އިސްކަމެއް ދެއްވާ ދާއިރާތައް:
• އޯތޮޕީޑިކް ސާޖަރީ
• ޓްރޯމާ ސާޖަރީ
• ސްޕޯޓްސް މެޑިސިން
• ހުޅުތަކާއި މަސްކިއުލޯސްކެލެޓަލް ބަލިތައް
• ކުޅިވަރުގެ ތެރޭގައި ލިބޭ އަނިޔާތައް
• ކަށި ބިނދުމުގެ ފަރުވާތައް
ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމާއި އިތުރު މައުލޫމާތަށް Gynova.mv ވެބްސައިޓުން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ