ކުރީގެ ހަ ރައީސުންގެ ހިދުމަތުގައި މުލިއާގޭގައި މަސައްކަތް ކުރެއްވި އިބްރާހިމް ހަލީމް ނިޔާވެއްޖެ އެވެ.
ހަލީމް ވަނީ 2021 ވަނަ އަހަރު ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ހާސިލުކުރައްވައިފަ އެވެ.
އޭނާ ދިވެހި ދައުލަތަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ކޮށްދެއްވި ހިދުމަތަށް ގައުމީ އިނާމު ލިބިވަޑައިގެންނެވިއިރު، އޭނާ ހުންނެވީ މުލިއާގޭގެ ޗީފް ވިއައިޕީ ވެއިޓާ ކޮންސަލްޓަންސީގެ މަގާމުގަ އެވެ.
މިގޮތުން، ކުރީގެ ރައީސް އިބްރާހިމް ނާސިރު، މައުމޫން އަބްދުލްގައްޔޫމް، މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން، މުހައްމަދު ވަހީދު ހަސަން އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ހަލީމް ވަނީ ހިދުމަތް ކުރައްވައިފަ އެވެ.
ހަލީމް ނިޔާވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
"ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިހުލާސްތެރި ހިދުމަތުގެ ބޮޑުބަޔެއް މަރްހޫމް އިބްރާހީމް ހަލީމް ހޭދަކުރެއްވީ މުލީއާގޭގަައި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ، ކުރީގެ 6 ރައީސުންގެ އަރިހުގައި، ކަމޭހިތުމާއި ފަރުވާތެރިކަމާއެކު ހަލީމް މަސައްކަތްކޮށްދެއްވާފައިކަން ފާހަގަކުރައްވައިފަ އެވެ.
ކުރީގެ ހަ ރައީސުންނަށް ހިދުމަތް ކުރެއްވި ހަލީމް ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ