ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް ދ. ކުޑަހުވަދޫ، ޝަބްމަނީގެ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދުން ފެށިގެން އައްޔަންކޮށްފައިވާ ކަމަށެވެ.
މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ފިރުޒުލް ހުންނެވީ ރައީސް އޮފީހުގެ އަންޑަސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުން އިންތިގާލީ މަރުހަލާގައި ތަރުޖަމާނަކަށް ހުންނެވީ ވެސް ފިރުޒުލްއެވެ.
ކީރިތި ގުރުއާން ހިދުދަސްކުރައްވާފައިވާ ފިރުޒުލް އަކީ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އިން ޝަހާދާ ޘާނަވިއްޔާ ހާސިލް ކުރައްވައި، މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއާގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީޕީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރެއްވުމުންނެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ