މާލެއިން ފުރައިގެން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ ޓީމަކުން، ކަނޑުވެފައި އޮތް ފަތުރުވެރިއަކު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ، އިއްޔެ މެންދުރުފަހު 2:30 ހާއިރު ފުލުހުންގެ ޓީމުން ސަލާމަތް ކޮށްފައި ވަނީ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށެވެ. އެ މީހާ ސަލާމަތްކުރީ، އޭނާ ހުރި ރިސޯޓަށްވުރެ އެއް މޭލު ބޭރުން ކަމަށް ފުުލުހުން ބުންޏެވެ.
އެ މީހާއަކީ ސްނޯކަލް ކުރުމަށް މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ކަމަށާއި އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެއީ ކޮން ރިސޯޓެއްގައި ހުރި ފަތުރުވެރިއެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދެކިލުމަށް މޫދަށް އެރިއުޅޭއިރު ސަމާލުވުމަށް ފުލުހުންގެ މުއައްސަސާސިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން، މޫދަށް އެރި އުޅޭއިރު، އެ ރިސޯޓަކުން ނުވަތަ ރަށަކުން މޫދަށް އެރެން ކަނޑައަޅާފައި އޮންނަ ސަރަހައްދުގައި އުޅުމަށާއި ގަދަ އޮޔަށް ސަމާލުވުމަށް އެ މުއައްސަސާއިން އިލްތިމާސްކުރި އެވެ.
ފުލުހުންގެ ޓީމަކުން، ކަނޑުވެފައި އޮތް ފަތުރުވެރިއަކު ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ