ގެލެކްސީ ވޮޗް 9އާއި ވޮޗް އަލްޓްރާ 2ގެ އާ ޑިޒައިންތަކެއް ލީކުވެއްޖެ
ސަމްސަންގް ކުންފުނިން އަންނަ މަހު ލަންޑަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ގެލެކްސީ އަންޕެކްޑް" އިވެންޓްގައި ދައްކާލާނެ ކަމަށް ބެލެވޭ ގެލެކްސީ ވޮޗް 9 އާއި ގެލެކްސީ ވޮޗް އަލްޓްރާ 2ގެ ސޮފްޓްވެއާ އަދި ޑިޒައިނާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް އިންޓަނެޓުގައި ލީކުވެއްޖެއެވެ. އެކްސްގައި "ގެލެކްސީ ޓެކީ" ނަމަކަށް ކިޔާ އެކައުންޓަކުން އާންމުކުރި މި ރެންޑާތަކުން އެނގޭ ގޮތުގައި، މި ފަހަރުގެ އާ ގަޑިތަކާއެކު ސަމްސަންގް ހެލްތު އެޕްލިކޭޝަނަށާއި ވޮޗް ފޭސް ޕިކާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އަދި މީގެ އިތުރުން ސަމްސަންގުން މި އަހަރު "ގެލެކްސީ ވޮޗް ކްލެސިކް" ގެ މޮޑެލްއެއް ބާޒާރަށް ނެރެން ގަސްދުނުކުރާ ކަމަށްވެސް މި މަޢުލޫމާތުތަކުން ދައްކައެވެ. ލީކުވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އާ ދެ މޮޑެލް ޖުމްލަ 3 ކުލައަކުން ލިބެން ހުންނާނެ ކަމަށް ލަފާކުރެވޭ --- ލީކުވެފައިވާ ފޮޓޯތަކަށް ބަލާއިރު، ގެލެކްސީ ވޮޗް އަލްޓްރާ 2 ފެންނަނީ ކުޑަކޮށް ބޮކްސް ފާޑުގެ ބޮޑު ޑިޒައިނަކަށެވެ. މީގެ ބެޒެލްގައި 1 އިން 12 އަށް މާކުތައް ޖަހާފައިވާއިރު، އަރިމަތީގައިވާ ފިތްތަކުގެ ފަރުމާއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ޚާއްޞަކޮށް ހޯމް ބަޓަނާއި ބެކް ބަޓަނާ ދެމެދު އިންނަ "ކުއިކް ބަޓަން" މިފަހަރު ފެންނަނީ މުޅިން އޮރެންޖު ކުލައިގެ ބަދަލުގައި، ހަމައެކަނި އޮރެންޖު ކުލައިގެ ރޮނގަކުން ބޭރުބުރު ފާހަގަކޮށްލެވޭ ގޮތަށެވެ. މި ދެ މޮޑެލްވެސް ކަޅު، ރިހި (ސިލްވަރ) އަދި ބޭޖް ކުލައިން ލިބެން ހުންނާނެ ކަމަށް ބެލެވޭއިރު، ބޭޖް ކުލައަކީ ހަމައެކަނި ސްޓޭންޑާޑް ވޮޗް 9 އަށް ޚާއްޞަ ކުލައެކެވެ. ކަޅު ކުލައިގެ ގަޑިއާއެކު ނޫކުލައިގެ ސްޓްރެޕެއް (ކަމަރު ނުވަތަ ބޭންޑް) އަދި ރިހި ކުލައިގެ ގަޑިއާއެކު ފެހިކުލައިގެ ސްޓްރެޕެއް ހިމެނޭނެ ކަމަށް ލަފާކުރެވެއެވެ. ދެ ގަޑީގެ ސްޓްރެޕްގެ އަސާސީ ފަރުމާ އެއްގޮތް ނަމަވެސް، ވައި ދައުރުވުމަށް ހަދާފައި ހުންނަ ލޯވަޅުތަކުގެ ތަރުތީބުގައި ކުޑަ ތަފާތެއް ހުންނާނެއެވެ. މީގެ އިތުރުން ސޮފްޓްވެއާގެ ގޮތުން "ވަން ޔޫއައި 9 ވޮޗް" އަޕްޑޭޓާއެކު ސިސްޓަމް އެޕްތަކުގެ އައިކަންތައް 3ޑީ ސްޓައިލަށް ބަދަލުވެގެންދާނެއެވެ. އަދި ސަމްސަންގް ހެލްތު މޮނިޓާ އެޕް މެދުވެރިކޮށް އީސީޖީ ހެދޭ ފީޗާވެސް މި ގަޑިތަކުގައި ހިމެނޭކަން ލީކުވި ފޮޓޯތަކުން ކަށަވަރުވެއެވެ. ބެލެވޭ ގޮތުގައި މި އާ ސްމާޓްވޮޗްތައް ރަސްމީކޮށް ދައްކާލާނީ އަންނަ ޖުލައި މަހުގެ 22 ގައި ބާއްވާ ކުންފުނީގެ ބޮޑު އިވެންޓްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ