ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އޮތީ ސާބިތުކަމާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ކަމަށާއި، އެ ޕާޓީގެ 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީވެސް ރައީސް މުޢިއްޒު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިހެން ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ޗީފް އޮފް ސްޓާފް މުސްޠަފާ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. މުސްޠަފާގެ ޕޯސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒުގެ ބަދަލުގައި އެހެން ކެންޑިޑޭޓަކު ނެރުމަށް ޕީއެންސީގެ ތެރޭގައި މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ.
"އަޅުގަނޑުމެންގެ އިސްކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން. އެކަން ކުރަމުންދާއިރު، ޕީއެންސީން ދަނީ 2028 ވަނަ އަހަރަށް ތައްޔާރުވަމުން. އެއީ ރައީސް ޑރ. މުޢިއްޒު އަޅުގަނޑުމެންގެ ލީޑަރެއްގެ ގޮތުގައި އަދި ކެންޑިޑޭޓެއްގެ ގޮތުގައި ބަހައްޓައިގެން،" މި ތުހުމަތުތަކާ ގުޅިގެން ޒަމީރު ވިދާޅުވިއެވެ.
އަދި ޕާޓީގެ ހުރިހާ މެންބަރުންނާއި އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ތިއްބެވީ ރައީސްގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
Our priority is to deliver for the people. As we do so, the PNC is also preparing for 2028, with President Dr @MMuizzu as our leader and candidate. My colleagues and I, along with all members of the party, stand firmly behind the President and his leadership. https://t.co/LiP1JUV3Zn
މުސްޠަފާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، ރައީސް މުޢިއްޒު ގެންދަވަނީ ޒަމީރު، ޣައްސާން މައުމޫން އަދި އާދަމް ޝަރީފް ފަދަ ބޭފުޅުން އެކަހެރި ކުރަމުން ކަމަށާއި ޒަމީރު ޕީއެންސީގެ ނައިބު ރައީސް ކަމަށް ކެމްޕޭން ފެއްޓެވި ނަމަވެސް އެ މަޤާމު ރައީސް މުޢިއްޒު ނުދެއްވާނެ ކަމަށްވެސް މުސްޠަފާ ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، ޕީއެންސީގެ ކޮންގްރެސް އަވަސް އަރުވާލައިގެން ބާއްވަނީ ޕީޕީއެމްގެ ނުފޫޒުގަދަ ބޭފުޅުން ބާކީކުރުމަށް ކަމަށާއި، ނަމަވެސް ރައީސް މުޢިއްޒު ބަދަލުކުރުމަށް ފަށާފައިވާ ޙަރަކާތް ބިރުދެއްކުމަކުން ނުހުއްޓުވޭނެކަމަށް މުސްޠަފާ ވިދާޅުވެފައިވެއެވެ.
މިތިބީ ސާބިތުކަމާއެކު ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ