ޤައިދީންނާއި ބަންދުމީހުންނަށް ޚާއްޞަ މެޑިކަލް ކޭމްޕެއް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމްސީއެސްގެ އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް މެޑިކަލް ކޭމްޕެއް މިއަދު ހިންގައިފިއެވެ.
އައްސޭރި ޖަލުގައި ހިންގި މި ކޭމްޕް ކުރިޔަށް ގެންގޮސްފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެންނެވެ.
މި މެޑިކަލް ކޭމްޕުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި، ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި، ސަރޖަންއެއް ޚިދުމަތް ދީފައިވެއެވެ.
އެގޮތުން މި ތިން ދާއިރާގެ ޑޮކްޓަރަށް ދެއްކުމަށް ރިފަރކޮށްފައިވާ 41 ޤައިދީންނާއި، ބަންދު މީހުންނަށް ކޮންސަލްޓޭޝަން ދީފައިވެއެވެ.
މި މެޑިކަލް ކޭމްޕު ކުރިޔަށް ގެންދިޔައީ، ޤައިދީންނާއި ބަންދު މީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ މީހުން ތިބުމާއިއެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމުގެ މަޤްސަދުގައި ކަމަށް ކަރެކްޝަންއިން ވިދާޅުވެއެވެ. މީގެއިތުރުން ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް އެހެން ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކާ ގުޅިގެން އެކަމުގެ މަގު ފަހިކޮށްދިނުމުގެ މަޤްސަދުގައި ކަމަށް ކަރެކްޝަންއިން ވިދާޅުވެއެވެ.
ކަރެކްޝަންއިން ވިދާޅުވީ، މުސްތަޤްބަލުގައިވެސް ޖަލުތަކުގައި މިފަދަ ކޭމްޕުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ