250 މިިލިއަން ޑޮލަރުގެ މެޗުން މޮޅުވެ ހަލް ސިޓީ ޕްރިމިއާ ލީގަށް

ލަންޑަން (މެއި 23) - އިނގިރޭސި ޗެމްޕިއަންޝިޕް ފައިނަލް މެޗުން 1-0 އިން މިޑްލްސްބަރާ ބަލިކޮށް ހަލް ސިޓީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދައިފި އެވެ. 
މިއީ، ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗުވެ. މި މެޗުން މޮޅުވެގެން، ހަލް ސިޓީ އަށް ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި، ޕްލޭއޮފް ފައިނަލުން މޮޅުވެ، ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ ސީޒަނުގައި، ލިގުގައި މަގާމު ދަމަހައްޓައިފިނަަމަ، އެ ސީޒަނުގެ އާމްދަނީއާ އެކު، ޖުމްލަ އެކު، އަހަރެއްގެ ތެރޭ، 500 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމުގެ ފުރުސަތު ވެސް އޮވެ އެވެ. 
އިނގިރޭސި ޕްރިމިއާ ލީގުގެ ޕްލޭއޮފް ފައިނަލް މެޗުގެ އަގު ބޮޑުވަނީ ތަފާތު ސަބަބުތަކާ ހެދި އެވެ. އެ ގޮތުން ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެން ބަލާނަމަ މި މެޗާ ގާތްކުރެވޭ ވަރުގެ އެހެން ފުޓްބޯޅަ މެޗެއް ނެތެވެ. ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިގެން ވެސް އެންމެ ގިނަވެގެން ހޯދެނީ 100 މިލިއަން ޑޮލަރެވެ. އަދި ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ލިބެނީ 50 މިލިއަން ޑޮލަރެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ގާތްގަނޑަކަށް 85،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ހަލް ސިޓީގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުތަކުގެ ތެރެއިން ފަސް ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އޮލީ މެކްބާނީ އެވެ.
ހަލް އިން ޕްރިމިއާ ލީގަށް މި އައީ ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ. އެ ޓީމު އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނީ 2016/17 ވަނަ އަހަރު އެވެ. ޕްލޭއޮފް ބުރުގައި ކުޅެނީ ޗެމްޕިއަންޝިޕްގެ ހަތަރު ވަނަ އިން ފެށިގެން ހަ ވަނައާ ދެމެދުގައި ނިންމާ ހަތަރު ޓީމެވެ. އެ ގޮތުން، ހަލް އަކީ 2010ގެ ކާޑިފް ސިޓީ އަށް ފަހު، ލީގުގެ ހަ ވަނަ ހޯދުމަށް ފަހު، ޕްލޭއޮފް ފައިނަލުން މޮޅުވި ފުރަތަމަ ޓީމެވެ. 
މިޑްސްލަބްރާ އަށް ޕްލޭއޮފްގެ ފައިނަލުގައި ކުޅެން ފުރުސަތު ދިނީ، ކުރިން ޕްލޭއޮފް ފައިނަލުން ޖާގަ ހޯދާފައި އޮތް ސައުތެމްޓަނުން، ޓީމުތަކަށް ޖާސޫސްކޮށް، މެޗުތަކުގެ ކުރިން ގަވާއިދާ ހިލާފަށް މައުލޫމާތު ހޯދާފައިވާ މައްސަލައިގައި އެ ޓީމުން އެއްބަސްވެފައިވުމުންނެވެ. 
ހަލްގެ އިތުރުން، އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ޓީމުތަކަކީ، ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ފްރޭންކް ލަމްޕާޑް ކޯޗުކޮށްދޭ ކަވެންޓްރީ ސިޓީ އަދި، މީގެ އެއް ސީޒަން ކުރިން ޕްރިމިއާ ލީގުގައި ކުޅުނު އިޕްސްވިޗް ޓައުން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ