ފާއިތުވި އަހަރުތަކުގައި ބްރެޒިލް ކުރި ތަހައްމަލުތަކުން ފިލާވަޅު ދަސްކޮށްފިން: މާކީނިއޯސް

ފާއިތުވި އަހަރުތަކުގައި ބްރެޒިލުން ތަހައްމަލު ކުރިންކަންތައްތަކުން ފިލާވަޅު ދަސްކޮށްފައިވާ ކަމަށް އެ ޓީމުގެ ކެޕްޓަން މާކިއުނޯސް ބުނެފި އެވެ. 
މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލުން މިރޭ ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. 
މިދިޔަ އޮކްޓޯބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޖަޕާނުން ވަނީ، ކާލޯ އަންޗެލޮޓީ ބްރެޒިލްގެ މައްޗަށް 3-2 އިން ކާމިޔާބު ހޯދާފަ އެވެ. އެއީ ޖަޕާނުގެ ފުޓްބޯޅަ ތާރީހުގައި، ބްރެޒިލުގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.
އެ މެޗުގައި ނުކުޅޭ އެއް ކުޅުންތެރިޔަކީ އުމުރުން 32 އަހަރުގެ މާކީނިއޯސް އެވެ. ޕީއެސްޖީގެ ޑިފެންޑަރު ބުނި ގޮތުގައި ވެމްބްލީގައި ކުޅުނު އެ މެޗުން ބްރެޒިލް ވަނީ ބޮޑު ފިލާވަޅެއް ލިބިގަނެފަ އެވެ.
"އަހަރެން ދެކޭގޮތުގައި އެއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް،" މާކީނިއޯސް ބުންޏެވެ.
"ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި އަހަރެމެން ތަހައްމަލުކުރި ކޮންމެ ކަމަކީ ވޯލްޑް ކަޕްގެ މި ހިސާބަށް މި ވަގުތަށް އަހަރެމެން ގެނެސްދިން ކަންކަން. އަދި ކޮންމެ ކަމަކީ ވެސް ދަސްވި ފިލާވަޅެއް."
އޭނާ ބުނި މިއީ ބްރެޒިލަށް އިމްތިހާނެ ކަމަށެވެ. ބްރެޒިލްގެ ކޯޗު އަންޗެލޮޓީ ބަލަން ބޭނުންވި ހުރިހާ ކަމެއް، ޖަޕާނާ ދެކޮޅަށް ކުޅުނު އެ މެޗުން ފެނުނު ކަމަށް މާކިއުނޯސް ބުންޏެވެ.
"އޭގެ ފަހުން އަހަރެމެން މިވަނީ ވަރަށް ބޮޑަށް ކުރިއެރުން ހޯދާފަ. ސްކޮޑެއްގެ ގޮތުގައި އަހަރެމެންނަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ،" މާކިއުނޯސް ބުންޏެވެ.
"އަހަރެމެން ގިނަ ބަދަލުތަކެއް ގެނެސްފިން. އަދި އެންމެ ފަހުން ކުޅުނު މަދު މެޗުތަކުގައި ޓީމެއްގެ ގޮތުގައި އަހަރެމެން ވަރުގަދަވަމުން އަންނަކަން ފާހަގަކުރެވޭ." އޭނާ ބުންޏެވެ.
ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރު އިޓަލީގެ ކޯޗު އަންޗެލޮޓީ ބުނީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ފޭވަރިޓް ޓީމެއް އަދި ނުފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ