ހެނދުނާ ހަވީރު މިޛިކްރު ކިޔާމީހެއްގެ ކަންބޮޑުވުންތަކާއި ހާސްކަން ފިލައިގެންދާނެތެވެ! އިން ޝާ ﷲ

ކޮންމެ މީހަކީވެސް ކޮންމެވެސް ކަމެއް މެދުވެރިވެގެން ހިތްދަތިކަމުގައި ނުވަތަ ކަންބޮޑުވުމެއްގައި އުޅެން ޖެހިފައިވާ މީހަކަށްވާއިރު އެންމެ މުހިންމު އެއްކަމަކީ އެކަންކަމުން ފިކުރުތައް ސަލާމަތްކުރެވި ދުޅަހެޔޮ ވިސްނުމެއްގައި ހުރެވުމެވެ. އެހެންކަމުން މިޛިކުރަކީ އެފަދަ މީހުންނަށް އޮތް އެހީތެރިކަމެކެވެ. އިން ޝާ ﷲ 
ކަންބޮޑުވުންތަކާއި ހާސްކަމުން ދުރުހެލިވާން ބޭނުންނަމަ   
حَسْبِيَ اللَّهُ لاَ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ 
ހެނދުނާއި ހަވީރު 7 ފަހަރު ކިޔާށެވެ. 
މިއީ ކިޔާލަން ދޫމައްޗަށް ފަސޭހް ޛިކުރެކެވެ. އެކުލެވިގެންވާ މާނައީ މިއަޅާގެ ހުރިހާކަމަކަށް ﷲ ތަޢާލާ ފުދިވޮޑިގެންވެއެވެ. ﷲ ތަޢާލާ މެނުވީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. މިއަޅާ ހުރިހާ ކަމެއްގައި ވަކީލްކުރަނީ ﷲ ތަޢާލާއަށެވެ. އެކަލާނގެއީ އެނެމަތިވެރިކަން ލިބިވޮޑިގެންވާ ޢަރުޝީގެވެރި ރަސްކަލާނގެއެވެ.  
- ޝައިޚް އިބްރާހީމް ފަރީދު އަހްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ