މޫސުން ގޯސްވެ، ކުޑަކުދިންގެ ހަވީރު ކެންސަލް ކޮށްފި

މޫސުން ގޯސްވެ، މި ފެށޭ އައު އައު އަހަރާ ދިމާކޮށް ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު ނުބާއްވާ ގޮތަށް ނިންމައިފިއެވެ.
ފާހަގަކުރުމަށް ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެހެންނަމަވެސް ޔޫތް މިނިސްޓްރީން މިއަދު ބުނެފައިވަނީ މޫސުން ގޯސް ވުމުގެ ސަބަބުން އެ މިނިސްޓްރީގެ ފަރާތުން މިއަދު ހަވީރު ބޭއްވުމަށް ނިންމާފައިވާ ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ކުޑަކުދިންގެ ހަވީރު މިއަދު ނޯންނާނެ ކަމަށެވެ.
މީގެކުރިން ޔޫތް މިނިސްޓްރީން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ގެ ނަމުގައި މިރޭ ބާއްވަން އުޅުނު ޝޯ ވެސް ފަށް ކޮށްފައެވެ.
ޝޯ ފަސްކޮށްފައިވަނީ މޫސުން ރަނގަޅުވުމުން، އެ ޝޯ ބާއްވާނެ ތާރީޚެއް އިޢުލާން ކުރާނެ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ