ޕްރޮގްރެސިވް ކޯލިޝަންގެ ވޯޓުލުން ފަށައިފި ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި އެންމެނަން ފުރުސަތުދޭން ނިންމަވައިފި ލީޑަރޝިޕުން އެއްބާރުލުން ނުލިބޭތީ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވަނީ ނަރީޝް މަޖިލީހަށް ނުކުންނެވުމަށް ޕީޕީއެމް ޕް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިދިކޮޅު އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެމްޑީޕީން އެންޓި ކެމްޕެއިން ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.
“މާލޭގެ މަގުތަކުގައި ދަމާފައިހުރި ބެނާތަކާއި ޕޯސްޓަރުތަކުގައި އެންޓި ކެމްޕޭނަށް މަގުފަހިވާ އެތައް އެތައް ކަމެއް ފެނިފައިވޭ. އެ މައްސަލަ ވަނީ އީސީއަށް ހުށަހަޅާފަ,” – ހީނާ ވަލީދު-
ހީނާ ވިދާޅުވީ ނިމިދިޔަ ފަސް އަހަރުގައި މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ޓަކައި މާބޮޑު ކަންތައްތަކެއް ކުރެވިގެން ގޮސްފައި ނުވާކަމަށެވެ. އަދި އިސްލާމް ދީނަށާއި އިސްލާމީ ކަންކަމަށް އެމްޑީޕީން އިހުމާލުވެ ފުރައްސާކުރި މަންޒަރު ވެސް ފެނިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ