މެމްބަރު އަހުމަދުގެ މައްސަލަ ހައިކޯޓުން ބަލައެއް ނުގަތް

ރަޖިސްޓްރާގެ ނިންމުމުގައި ބަޔާންކޮށްފައި ވަނީ އެ މައްސަލައަކީ ގާނޫނީ ގޮތުން ހައިކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ މައްސަލަ ބަލައިގަނެވޭން ނެތް ކަމަށް ވަނީ އަންގާފަ އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު ހޯދަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އަހްމަދު ރަޝީދު ވަނީ 20 ވަނަ މަޖިލީސް އިންތިހާބު ގައި ވާދަ ކުރަން ފޯމް ވެސް ހުށައަޅާފަ އެވެ. ނަމަވެސް އޭނާ އިންތިހާބު ދޫކޮށްލީ ފުރަތަމަ ރޯދަ މަހު އިންތިހާބު ބާއްވާތީ އެވެ. ނަމަވެސް ރޯދައިގެ ފަހުން، އަންނަ މަހުގެ 21 ވަނަ ދުވަހު މަޖިލީސް އިންތިހާބު ބާއްވަން ނިންމުމުން އޭނާ ވަނީ އަލުން ވާދަކުރުމުގެ ފުރުސަތަކަށް އެދިފަ އެވެ. އަހުމަދުގެ ފަރާތުން ފާހަގަ ކުރާ ނުކުތާ އަކީ އިންތިހާބުގެ ތާރީހު ފަސް ކުރުމުން އަލުން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެ ފުރުސަތު ހޯދަން އޭނާ ހައިކޯޓަށް ހުށަހެޅި މައްސަލަ މިއަދު ރަޖިސްޓްރާ ވަނީ ބަލައި ނުގަންނަން ނިންމާފަ އެވެ.
ރަޖިސްޓްރާގެ ނިންމުމުގައި ބަޔާންކޮށްފައި ވަނީ އެ މައްސަލައަކީ ގާނޫނީ ގޮތުން ހައިކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ މައްސަލަ ބަލައިގަނެވޭން ނެތް ކަމަށް ވަނީ އަންގާފަ އެވެ.މިއީ މަޖިލީސް އިންތިހާބާއި ގުޅިގެން މިފަދަ މައްސަލައެއް ހައިކޯޓަށް ހުށައެޅި ފުރަތަމަ ފަހަރެވެ.އެންމެ ފުރަތަމަ މަޖިލީސް އިންތިހާބު ބާއްވަން ނިންމީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރުމާއެކު ތާރީހު ވަނީ ފަސްކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ