މޮސާޑްގެ ޖާސޫސުން ކަމަށް ތުހުމަތުކުރެވޭ އިތުރު ތިން މީހަކު ފާހަގަކޮށް، މަރާލާފައިވާ ކަމަށް އީރާނުގެ މީޑިއާއެއް ކަމަށްވާ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓު ކޮށްފި އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅުން ހުރި ނިއުސް އެޖެންސީ ކަމަށްވާ ތަސްނީމް ރިޕޯޓު ކުރި ގޮތުގައި، މި ތިން މީހުން ވަނީ އީރާނަށް ހަތިޔާރު އެތެރެކޮށްފަ އެވެ. މި ހަތިޔާރު ބޭނުންކޮށްގެން އީރާނުގެ ސަރުކާރުގެ އޮފިޝަލަކު މަރާލުމުގައި މި ތިން މީހުން ބައިވެރިވި ކަމަށް ވެސް ތަސްނީމް އިން ރިޕޯޓުކޮށްފައި ވެއެވެ.
ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި މި ތިން މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ހައްދު ފަހަނައަޅާފައިވާ ޔަހޫދީ އިސްރޭލުން އީރާނަށް އިސްވެ ހަމަލާ ދިނުމުން ފެށުނު ހަނގުރާމައަށް 12 ދުވަސްވީއިރު، ހަނގުރާމަ ކާމިޔާބުވީ ކަމަށް ދެގައުމުން ވެސް ދަނީ ބުނަމުންނެވެ. އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ އީރާނަށް ހަމަލާ ދިނުމަށްފަހު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލެވޭތޯ މަސައްކަތްކުރި އެވެ. އެހެންނަމަވެސް، އިސްރޭލުން މި އެއްބަސްވުމަށް އަމަލުނުކޮށް އަލުން ހަމަލާ ދޭން ފެށުމުން މި އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފަ އެވެ.
އީރާނުން ބުނި ގޮތުގައި ޖޫން 13 ގައި އިސްރާއީލުން ހަމަލާ ދޭން ފެށި ފަހުން ފަހުން އީރާނުން މަދުވެގެން 610 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނެ އެވެ. އަދި މަދުވެގެން 3,056 މީހުން ޒަހަމުކޮށްލާފައި ވެ އެވެ. އީރާނުން ދިން ހަމަލާތަކުން އިޒްރޭލުން މަދުވެގެން 28 މީހުން މަރުވެފައި ވެ އެވެ.
އިޒްރޭލަށް ޖާސޫސް ކޮށްދިން ތިން މީހެއްގެ މައްޗަށް އީރާނުން މަރުގެ ހުކުމް ތަންފީޒުކޮށްފި އިޒްރޭލަށް ޖާސޫސް ކޮށްދިން ތިން މީހެއްގެ މައްޗަށް އީރާނުން މަރުގެ ހުކުމް ތަންފީޒުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ