ފުރަތަމަ އެކަހެރި، ދެން ޖެއްސުން، ދެން އިންޒާރު، ދެން އަންހެނުން ވިހަން އިންދާ ރަށުން ބޭރު،!

ހޯރަފުށީ އެއާޕޯޓްގައި މަސައްކަތް ކުރާ އިސް މުވައްޒަފަކަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކަންކުރި ގޮތުން ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.ހޯރަފުށީގައި މަސައްކަތް ކުރަމުން އަންނަ ޒުވާނަކު އޭނާގެ އަންހެނުން ވިހަން ގާތް ވެފައި އިންދާ ސިޔާސީ ބޭނުމަށް އެހެން ރަށަކަށް ބަދަލުކުރި މައްސަލައެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ވަޒީފާ ބަދަލުކުރި ޒުވާނާގެ އަންހެނުން ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައިވަނީ ކުޑަ ތިން ދަރިންގެ ސްކޫލް ކަންކަމާއި ގޭތެރޭގައި މަސައްކަތް ކުރަމުން، އަދި ހަތަރު ވަނަ ދަރިފުޅަށް ބަޑަށް އަށް މަހަށް ވެފައިވަނިކޮށް، ފިރިމީހާ ކައިރީގައި ހުންނަށް އެދޭއިރު، އޭނާގެ ވަޒީފާ އެހެން ރަށަކަށް ބަދަލުކުރުމަކީ، އަންހެނަކަށް ދެވޭނެ ކުޑަ އަނިޔާއެއް ނޫން ކަމަށެވެ.މުޖުތަމުއުގައި ބާރުވެރިކަމާއި ޕާޓީތަކުގެ ވާދަވެރިކަމުގައި ވެސް ޅަދަރިން މުސްތަގުބަލަށް ހުރަސް އެޅޭ، އަދި އެދަރިން އާއިލާގެ ލޯބިން މަހުރޫމުކުރުވުމަކީ އެފަދަ އަނިޔާކުރާ ބާރުވެރިން މަގާމަށް ކުފޫ ހަމަނުވާކަން ކަމުގައި އޭނާ ބުންނެވެ. ވަޒީފާ ބަދަލުކުރީ އަންނަ ކައުންސިލް އިންތިހާބުގައި ޕީއެންސީ ޓިކެޓްގައި ވާދަކުރުމަށް އެދުމުން އެކަމަށް ފުރަގަސް ދިނުމުން ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަންނަ ކައުންސިލް އިންތިހާބުގައި ސަރުކާރު ފަޅިން ވާދަ ކުރާނެ ގާބިލް ޒުވާނުން ނުލިބުމަކީ ޒުވާނުންނަށް ވަޒީފާގެ ބިރު ދައްކަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އަންހެން މީހާގެ ޕޯސްޓަށް ކޮމެންޓް ކުރި މީހަކު ވަނީ ބުނެފަ އެވެ."ކޮންމެ ފޯރަމްތަކުގައި އަޑަށް ބާރުލައި އަނިޔާވެރިކަމަކީ މާތް الله ޒާތުފުޅުގައިވެސް ހަރާމްކަމެކޭ ބުނެވޭއިރު، އެފަދަ ބާރުވެރިކަމެއް ލިބޭއިރު ކޮންމެ ބަޔަކު ކުރަނީ އަނިޔާއެވެ. މާތް الله މިފަދަ ކޮންމެ ނުބައި ރޭވުންތަކާއި އަނިޔާއިން މިކުޑަ މުޖުތަމައު ސަލާމަތް ކުރައްވާ، އަނިޔާވެރިންގެ އަމަލުތަކުގައި ސިއްކަ ޖައްސަވާށި!! އާމީން" ގިނަ ބައެއްގެ ސަމާޅުކަން ލިބުނު ޕޯސްޓްގައި ވެއެވެމިކަމާއި ކަންބޮޑުވުން ފާޅުކުރި މީހަކު ޝޯޝަލް މީޑިއާގައި ލިޔުނު ޕޯސްޓެއްގައި ބުނީ "ފުރަތަމަ ކުރީ މަސްއޫލިއްޔަތުން އެކަހެރި! ދެން ކުރީ ޖެއްސުން! ދެން ދިނީ އިންޒާރު! އެވަރުން ނުވެގެން އަނބިމީހާ ވިހަންވެފަ ހުއްޓާ ރަށުން ބޭރުކޮށްލީ.." އޭނާ ބުނީ މީ ސަރުކާރަކުން ރައްޔިތަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމަށާއި މިކަމާއި ދެރަވެ ހިތާމަ ކުރާ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުވުމަށް އަބަދު ވެސް އެދޭ ކަމަށާއި ކުރީ ސަރުކާރުން ކުރި ގޯސް ރަގަނޅުކުރަން ވައުދުވެ ވެރިކަމަށް އައިސް ހާލަތު ބަދަލު ނުކުރުމަކީ "ހިޔަޅުން" ގެ ސިފަ އެއް ކަމަށެވެ.ވަޒީފާގެ ބިރުދައްކާ ހޯރަފުށި އެއާޕޯޓް މުވައްޒަފަކަށް ސަރުކާރުން މިދިން "އަނިޔާ" ގިނަ ބަޔަކު އަންނަނީ ކުށްވެރިކުރަމުން ނެވެ. މިކާޟާއި ގުޅޭ ގޮތުން ހޯރަފުށީ އެއާ ޕޯޓް ހިންގާ ކުންފުނިން ބުނީ މައްސަލަ ބަލަމުން އަންނަ ކަމަށާއި ވެގެން އުޅޭ ގޮތެއް ސާފުކޮށް ފަހުން ޖަވާބެއް ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ