ލަންޑަން (ޖުލައި 13) - އުމުރުން 38 އަހަރުގައި، ޓެނިހުގެ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމުގައި، ފިޒިކަލީ ދިމާވާ ގޮންޖެހުންތަކާ އެކު ވެސް، މަތީ ފަންތީގައި ކުޅެވުމަކީ ވެސް ވަރަށް ހިތްވަރު ކަމަށް ސާބިއާގެ ތަރި ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.
ޓެނިހުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ ގްރޭންޑް ސްލޭމްގެ 24 ތަށި ހޯދައި، ރެކޯޑަކާ ހަމަކުރަން އިތުރު އެއް ތަށި ހާސިލްކުރުމުގެ އުންމީދުގައި ހުރި، ޖޮކޮވިޗް ވަނީ މި ފަހަރުގެ ވިމްބަލްޑަންގެ ސެމީ ފައިނަލުން ކަޓައިފަ އެވެ.
ހަތް ފަހަރު ވިމްބަލްޑަން ތަށި ހޯދާފައިވާ ޖޮކޮވިޗް، މި ފަހަރުގެ މުބާރާތުން ކެޓީ ސެމީ ފައިނަލުގައި ދުނިޔޭގެ އެއް ވަނަ، އިޓަލީގެ ޖަނިކް ސިނާ އަތުން ބަލިވުމުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ، 6-3 6-3 6-4 އިންނެވެ.
ޖޮކޮވިޗް، އެންމެ ފަހުން، ގްރޭންޑް ސްލޭމެއް ކާމިޔާބުކުރީ، 2023 ވަނަ އަހަރު އެވެ. މި އަހަރުގެ މިހާތަނަށް ކުޅުނު ގްރޭންޑް ސްލޭމް ތިން މުބާރާތުގައި ވެސް ޖޮކޮވިޗް ކެޓީ ސެމީ ފައިނަލުންނެވެ. އެ ގޮތުން، ޖެނުއަރީ މަހުގެ އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުގައި އަލެކްސަންޑަ ޒްވެރެވް އަތުން ޖޮކޮވިޗް ބަލިވީ މަސްގަނޑު އިރައިގެން ގޮސްގެންނެވެ. އަދި، ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ސެމީގައި، ސިނާ އަތުން ބަލިވިއިރު، ފިޓްނަސްގެ ކަންކަން ޖޮކޮވިޗަށް ދިމާވި އެވެ.
"މިއީ ނަސީބު ދެރަވީމަ ވާ ކަންތައްތަކެއް ނޫން، މިއީ އުމުރުން ދުވަސްވީމަ ވާ ކަންތައްތައް، ހަށިގަނޑަށް އަންނަ ބަދަލާއި ފިޓްނަސްގެ ހަގީގަތް މިއީ، އަހަރެން ފިޓްކޮށް ހުންނަނަމަ ރަނގަޅުވާނެ. އެކަމަކު އަބަދަކު އެހެން ހުންނަ ފަހަރު މަދުވާނެ، މިއީ ވަރަށް މަސައްކަތް،" ޖޮކޮވިޗް ބުންޏެވެ.
"މި އަހަރުގެ ވަރުގަދަ މުބާރާތްތަކުގައި ކުޅެލުން މިއީ ފިޒިކަލީ ވަރަށް ޗެލެންޖިން ކަމަކަށް ވެފައި މި އޮތީ. މުބާރާތްތަކުގެ ދުރަށް ދާ ވަރަކަށް ފިިޒިކަލީ އުނދަގޫ ހާލަތަކަށް އަހަރެން މި ދަނީ، އަހަރެން މި އަހަރުގެ ކޮންމެ ގްރޭންޑް ސްލޭމެއްގެ ސެމީ ކުޅެނީ، އިދިކޮޅަށް މި ނުކުންނަން ޖެހެނީ، އެހެން ލެވަލެއްގައި ތިބި، ސިނާ އާއި އަލްކަރާޒާ ދެކޮޅަށް،"
ޖޮކޮވިޗް ބުނީ މި ފަހަރުގެ ވިމްބަލްޑަން އަކީ، ސެންޓަ ކޯޓުގައި އޭނާގެ ފަހު މުބާރާތަށް ވާން ނޭދޭ ކަމަށާއި އުންމީދަކީ އަދި އެއް ފަހަރު މި މުބާރާތުގައި ކުޅެލުން ކަމަށެވެ.
ޖޮކޮވިޗް ބުނެދިނީ ކެރިއަރުގައި މިހާރު ހުރި ލެވަލްގެ ހާލަތު ޖޮކޮވިޗް ބުނެދިނީ ކެރިއަރުގައި މިހާރު ހުރި ލެވަލްގެ ހާލަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ