މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅު އަލްސަން، 17، ކަމަށް މި ނޫހަށް މައުލޫމާތު ލިބިއްޖެ އެވެ.
އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު ބަސް ޓާމިނަލް ކައިރީ ޒިބްރާ ކްރޮސްގަ އެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ޒިބްރާ ކްރޮސް އިން މީހަކު ހުރަސް ކުރަނިކޮށް ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ.
ސައިކަލެއް ދުއްވިލެއް ބާރުކަމުން، މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހި، އޭނާއާއެކު ސައިކަލު އުރުނީ ކައިރިން ދުއްވަމުންދިޔަ ޕިކަޕަކަށެވެ. އެނގިފައިވާ ގޮތުގައި އަލްސަން އިނީ އެކްސިޑެންޓުވި ސައިކަލުގަ އެވެ. އަލްސަންގެ އިތުރުން އިތުރު ދެ މީހަކު އެކްސިޑެންޓުގައި ޒަހަމްވި އެވެ.
އެކްސިޑެންޓުގައި ދެން ޒަހަމްވީ އުމުރުން 16 އަހަރުގެ ކުއްޖަކަށާއި އުމުރުން 40 އަހަރުގެ މީހަކަށެވެ. ފުލުހުން ޒަހަމްވި އުމުރުން 16 އަހަރުގެ ކުއްޖާ ވެސް އިނީ ސައިކަލުގައި ކަމަށެވެ.
މިރޭގެ އެކްސިޑެންޓުގައި އުމުރުން 17 އަހަރުގެ ކުއްޖެއް ނިޔާވި ކަމަށް ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ. އެކްސިޑެންޓުގައި ހިމެނޭ އަނެއް ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.
މިރޭ 8:10 ހާއިރު ހިނގި އެ އެކްސިޑެންޓުގެ ސަބަބުން މަގު ހުރަސް ކުރަން އުޅުނު މީހާއަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އެ ސަރަހައްދުގައި ތިބި އަދަދު ގެ ނޫސްވެރިން ބުނީ އޭނާގެ ބޯ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕަކަށް އަރުވައިގެންނެވެ. އެނގިފައިވާ ގޮތުގައި މަގު ހުރަސް ކުރަން މަސައްކަތް ކުރީ ދުވަން ނުކުމެ އުޅުނު މީހެކެވެ.
އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ތޭރަވާ އާއި އަޝްފާގެ ދަރިފުޅު އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ތޭރަވާ އާއި އަޝްފާގެ ދަރިފުޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ