މާލޭން ޅ. އަތޮޅަށް ދަތުރުކުރުމަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިން ކްރާފްޓުން ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
މީޑިއާ އާ ހިއްސާކުރި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ، އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން ކުރަމުންދާ ކަމަށެވެ. އެގޮތުން ކަނޑުމަގުން 1،035 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިއިރު، ވައިގެ މަގުން 1،496 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމަކަކު އަދިވެސް އެ މީހާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތު ސިފައިންގެ ތިން މީހަކާއި ބަންގްލަދޭޝްގެ ތިން މީހަކު ތިއްބެވެ. މި ހާދިސާގައި ސިފައިންގެ މީހަކު ނިޔާވެފައިވެއެވެ. އެއީ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދެވެ. ދެން ތިބި މީހުންނަށް ވަނީ ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ބިދޭސީ މީހާ އަދިވެސް ނުފެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ