ގާތްގަނޑަކަށް މި އަހަރުގެ ހަ މަސް ފާއިތުވީއިރު ސަރުކާރުން ކުރި ހަރަދު %21 ކުޑަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން މިރޭ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސްގައި ބަޔާންކޮށްފައިވާ ގޮތުގައި 19 ޖޫންގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 16.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %21 ދަށް އަދަދެކެވެ.
ތަފްސީލު - ޖުމުލަ ހަރަދުގެ %90 އަކީ ރީކަރެންޓް ހަރަދެވެ. އަދި މި ބައިން އެންމެ ބޮޑު ހޭދައެއް ހިނގީ އިދާރީ އަދި ހިންގުމުގެ ހަރަދުތަކާއި މުވައްޒަފުންގެ މުސާރަ، އިނާޔަތް އަދި ޕެންޝަނަށެވެ.
އިދާރީ ހަރަދުތަކުގެ ބައި މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ ވަނީ ކުޑަކޮށްފަ އެވެ. ނަމަވެސް މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް 419 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވެ އެވެ. އެގޮތުން:
މުސާރަ އިނާޔަތް އަދި ޕެންޝަނަށް: 6 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 5.59 ބިލިއަން ރުފިޔާ)
މުސާރައަށް އެކަނި 2.6 ބިލިއަން (މިދިޔަ އަހަރު 2.4 ބިލިއަން)
އިނާޔަތްތަކަށް 2.4 ބިލިއަން (މިދިޔަ އަހަރު 2.2 ބިލިއަން)
ޕެންޝަނަށް 896 މިލިއަން (މިދިޔަ އަހަރު 831 މިލިއަން)
އިދާރީ ހަރަދުތަކުން އާސަންދަަ އާއި ކައުންސިލް ބްލޮކް ގްރާންޓަށް ކުރި ހަރަދު ވަނީ ބޮޑުވެފަ އެވެ. އެހެން ނަމަވެސް ސަބްސިޑީ، މެޑިކަލް ވެލްފެއާ އަދި ދަތުރުތަކަށް ކުރި ހަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުޑަކޮށްފައިވެ އެވެ. އެގޮތުން:
ދަތުރުތަކުގެ ހަރަދު: 98 މިލިއަން (މިދިޔަ އަހަރު 115 މިލިއަން)
އާސަންދަ: 995 މިލިއަން (މިދިޔަ އަހަރު 981 މިލިއަން)
މެޑިކަލް ވެލްފެއާ: 129.8 މިލިއަން (މިދިޔަ އަހަރު 200.2 މިލިއަން)
ސަބްސިޑީ: 1.3 ބިލިއަން (މިދިޔަ އަހަރު 1.7 ބިލިއަން)
ކައުންސިލް ބްލޮކް ގްރާންޓް: 1 ބިލިއަން (މިދިޔަ އަހަރު 939.3 ބިލިއަން)
މީގެ އިތުރަށް މި މުއްދަތުގައި ކެޕިޓަލް ކަންކަމަށް ކުރި ހޭދަވަނީ ކުޑަކޮށްފަ އެވެ. އެގޮތުން:
މިދިޔަ އަހަރަށް ވުރެ ކެޕިޓަލް ހަރަދުތަކުން 3.8 ބިލިއަން ރުފިޔާ ކުޑަ؛ މިއަހަރު އަދި ކެޕިޓަލް ހަރަދުތަކަށް ހޭދަކުރީ 1.6 ބިލިއަން ރުފިޔާ
ޕީއެސްއައިޕ މަޝްރޫއުތަކަށް އަދި ހަރަދުކުރީ 1.6 ބިލިއަން ރުފިޔާ؛ އެއީ 3.3 ބިލިއަން ރުފިޔާ ދަށް އަދަދެއް
މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 17. ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އާމްދަނީގެ ތެރޭގައި ހިމެނެނީ:
ޓެކްސްތަކުން 13.5 ބިލިއަން ރުފިޔާ
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ
ހިލޭ އެހީގެ ގޮތުގައި 101.2 މިލިއަން ރުފިޔާ
ޓެކުހާއި ޓެކްސް ނޫން ގޮތްގޮތަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ.
ސަރުކާރުން ކުރި ހަރަދު %21 ކުޑަކޮށްފި؛ ކިހިނެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ