ތެޔޮވަސް ދުވާލެއް ގަދަކަމުން ކަލާފާނު ސްކޫލް ކިޔެވުން މެދުކަނޑާލައިފި

ސްޓެލްކޯއިން އަރާ ދުމުގައި ދުވާ ތެލުގެ ވަހާ ހެދި ކިޔަވައި ދިނުމަށް އުނދަގޫވެ، ކަލާފާނު ސްކޫލްގެ ކިޔެވުން ހޮނިހިރު ދުވަހާ ހަމަޔަށް މެދުކަނޑާލައިފި އެވެ. 
އެކަމާ ގުޅިގެން މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި، އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ތެޔޮވަސް ދުވާ ސަބަބު ހޯދުމަށް ޓަކައި ހޮނިހިރު ދުވަހުގެ ނިޔަލަށް، އެ ސްކޫލްގެ ކިޔެވުން މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. އަދި މާދަމާ ވެސް އަދި ހޮނިހިރު ދުވަހު ވެސް އެ ސްކޫލްގައި ހަރަކާތެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ސްކޫލްގެ ކިޔެވުން ދެން ފަށާނީ އެ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 
އެ ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ އިން ފެށިގެން ތެޔޮ ވަސް ދުވުމުގެ ސަބަބުން ބައެއް ކުދިން އަނބުރައި ގަނެގެން ވެއްޓިފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު ވެސް ދެތިން ކުއްޖަކު އަނބުރައިގަނެގެން ވެއްޓުނު ކަމަށް އޭނާ ވިދާޅުވި އެވެ. 
އެކަމާ ގުޅިގެން ސްޓެލްކޯ އާއި މިނިސްޓްރީއާ ވެސް މިހާރު މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ