ލަންކާގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކެނޑިއްޖެ ލަންކާގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކެނޑިއްޖެ

އަވަށްޓެރި ސްރީލަންކާގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކެނޑި އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބުރޫއަރައިފި އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ގައުމުގެ ބޮޑު ބައެއްގައި މިހާރު ކަރަންޓެއް ނެތެވެ. ކަރަންޓު ކެނޑެން ދިމާވި ސަބަބެއް އެ ގައުމުގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
އެ ގައުމުގެ ކަރަންޓު ހިދުމަތުގެ ކަންކަން ބަލަހައްޓާ ސިލޯން އެލެކްޓްރިސިޓީ ބޯޑު (ސީއީބީ) އިން މި ހާދިސާ ދެނެގަނެ، އަލުން ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވާ ކަމަށްވެސް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން ލަންކާގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި، ސަރުކާރަށާއި ސީއީބީ އަށް ފާޑުކިޔާ ގިނަ ޕޯސްޓުތަކެއްވެސް އެކްސްގައި ދައުރުވަމުންދެ އެވެ.
ލަންކާ އަކީ އެތައް ހާސް ދިވެހިންނެއް ދިރިއުޅެމުންދާ ގައުމެކެވެ. ކޮވިޑުގެ ބަލިމަޑުކަމާއެކު ލަންކާގައި ދިރިއުޅޭ ދިވެހި އާބާދީ މަދުވި ނަމަވެސް މިހާރު އެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. ދިރިއުޅުމުގެ އިތުރުން ޗުއްޓީ ހޭދަކޮށްލުމަށާއި ވިޔަފާރިއަށްވެސް ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ދަތުރުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ