ވެލިދޫގެ ބަނދަރު ނިމޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރަށް: މުއްތަލިބު

ނ. ވެލިދޫގެ ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމައި، ބޭނުންކުރަން ފެށޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. ވެލިދޫގައި ބަނދަރު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެކު ސޮއިކުރީ ޑިސެމްބަރު 29، 2022ގައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ އެ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން މިނިސްޓަރާ ހިއްސާކުރައްވައި، އެ ބަނދަރުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ބޭނުންކުރަން ފެށޭނީ ކޮން ތާރީޚަކުތޯ ސުވާލުކުރައްވައިފައެވެ. އައްބާސްގެ ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ މަޝްރޫއަކީ ކޮންނަން ފަށައި، މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތް މަޝްރޫއެއް ކަމަށެވެ. މަޝްރޫއުގެ އަގަކީ 50 މިލިއަން ރުފިޔާ ކަމަށާއި، މިއީ ވަރަށް ފަހުން ހަދާފައި އޮތް ބަނދަރެއް ބޭނުންކުރުމަށް ދަތިވާތީވެ، އަޕްގްރޭޑްކުރުމަށް ޓަކައި ހިންގޭ މަޝްރޫއެއް ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް -- ފޮޓޯ/ މަޖިލިސް މިނިސްޓަރު ވަނީ މަސައްކަތް ލަސްވާ ސަބަބުތައް ހިއްސާކުރައްވައިފައެވެ. މަސައްކަތް ކުރިއަށް ގޮސްފައި އޮތް ހިސާބަށް ބަލާއިރު، މަސައްކަތް މިހާރު ކުރިއަށް ދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް. އެސްކެވޭޓަރު މައްސަލަ ޖެހިފައި ހުރުމުގެ ސަބަބުން މިވަގުތު އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޝްރޫއަށް ބޭނުންވާ އެލް ބްލޮކްސްތައް މި މަހުގެ ތެރޭގައި ވެލިދޫއަށް ގެންދިޔުމަށް އެމްޓީސީސީއިން ރާވާފައިވާ ކަމަށާއި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލަ ލިބުމުގައި ދަތިވެފައިވުމުގެ ސަބަބުން ބޭރު ތޮށީގެ މަސައްކަތް އަދި ފެށިފައި ނުވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި ބަނދަރު ޑިޒައިންކުރުމުގައި ބަނދަރު ބޭނުންކުރާ ފަރާތްތަކާ އޭރު މަޝްވަރާކޮށްފައި ނުވާ ކަމަށް މިހާރުގެ ކައުންސިލުން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެހެންކަމުން އެކަމުގައި މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށް ހައްލެއް ގެނައުމަށް ވަގުތު ނަގާތީ ލަސްތަކެއް އުޅެނީ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް ނަމަވެސް ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން މުއްތަލިބު ދެއްވިއެވެ. އަދި މުޅި މަޝްރޫއު އެއްކޮށް ނިންމައި، ރައްޔިތުންނަށް ބޭނުންކުރަން ހަވާލުކުރެވޭނެ ކަމަށް މިހާރު ކަނޑައެޅިފައި އޮތް ތާރީޚަކީ ސެޕްޓެމްބަރު 2026 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަޝްރޫއުގެ ތެރޭގައި ކުރަން ހިމަނާފައިވާ ކަންތައްތައް: ބަނދަރު 3.5 މީޓަރަށް ފުންކުރުން ނެރު ހަތަރު މީޓަރަށް ފުންކުރުން 12 މީޓަރުގެ ނެރުފައި ކައްޓެއް ޖެހުން ސޭންޑްފިލް ބްރޭކްވޯޓާ ރިޕްރޮފައިލްކުރުމަށްފަހު ރާޅު ނާރާ ގޮތަށް ފާރެއް ރޭނުން 151 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓެއް ޖެހުން 166 މީޓަރުގެ އެލް ބްލޮކް ވާޓަރު 22 ބައްތި ޖެހުން ދެ ނެރު ބައްތި ޖެހުން 2،433 މީޓަރުގެ ކޮންކްރީޓް ޕޭމަންޓް އެޅުން 120 މީޓަރު ޖެޓީ ދޯނި އެހެލާތަން ފުންކުރުން މީގެ އިތުރުން މެންބަރު އައްބާސް ވަނީ ނ. ޅޮހީގެ ނަރުދަމާ ފެށޭނެ ތާރީޚާއި، ނ. ފޮއްދޫގެ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚާ ގުޅޭ ގޮތުން ވެސް މިނިސްޓަރާ ސުވާލުކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރު ވިދާޅުވީ ފޮއްދޫގެ ބަނދަރު އެމްޓީސީސީން ވަނީ މިހާރު މޮބިލައިޒްކޮށްފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެނަވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަށް ބަނދަރު ހަދަން ފެށޭނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ