ރޯދައަށް ހުރެ އެންމެ ގިނައިން ކިޔަން އޮތް 2 ޛިކުރު!: ޝައިޚް އަބޫބަކުރު ޒައުދު

ރޯދައަށް ހުރެ އެންމެ ގިނައިން ކިޔަން އޮތް 2 ޛިކުރުކަމަށް އަހުރެންނަށް ފާހަގަކުރެވޭ 2 ޛިކުރު ބުނެލާނަމެވެ. ކިޔަންވެސް އެހައި ފަސޭހައެވެ. ކިޔަންވީ ވަކި ޢަދަދަކަށް ނޫނެވެ. ވީހާ ގިނައިންނެވެ. ހުސް ވަޤުތެއް ލިބޭއިރަށް ކިޔަންފަށަންވީއެވެ. ކިޔޭ ޢަދަދާއިމެދު ވިސްނާނެ ކަމެއް ނެތެވެ. އެކަން ތިބާއާއިއެކުގައިވާ މަލާއިކަތުން ބައްލަވާނެތެވެ. 
ފުރަތަމަ ޛިކުރަކީ ތައުޙީދުގެ ދެ ކަލިމައެވެ.
لا إله إلا الله محمد رسول الله 
ދެވަނައީ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ކިޔަން އޮތް ޛިކުރެވެ. 
أَسْتَغْفِرُ الله وَأَتُوبُ إِلَيْهِ 
ލޮބުވެތި އެކުވެރިންނޭވެ! އެންމެ މަތިވެރި ޛިކުރަކީ ﷲ ތަޢާލާ މަތިވެރިކުރުމެވެ. އެކަލާނގެ އެއްކައުވަންތަކުރުމެވެ. ތައުޙީދުގެ ބިންގަލަކީވެސް އަސާސަކީވެސް އެއީއެވެ. ދެން މިބުނީ މީހަކަށް ލިބޭނެ އެންމެ ބޮޑު އުފާވެރިކަން ލިބެން އޮތް ޛިކުރެވެ. އެއީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދިގެން ކިޔަން އޮތް އޮތް ޛިކުރެވެ. 
މި 2 ޛިކުރަކީ ތިމާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި އަބަދުވެސް ހަދަން އޮތް 2 ޛިކުރެވެ. ޚާއްޞަކޮށް ރޯދައަށް ހުންނައިރުގައެވެ. އެކަން ކޮށްފި މީހަކަށް ރޯދަމަސް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ
 
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ