ގައުމީ އަންހެން ޓީމާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ.
އެފްއޭއެމް އިން މި މަހުގެ ފަސް ވަނަ ދުވަހު ގެޒެޓްކޮށްފައިވަނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމާއި އަންހެން ޓީމުގެ ޑޮކްޓަރުގެ މަގާމާއި އަންހެން ޓީމުގެ ގޯލްކީޕަރު ޓްރެއިނަރުގެ މަގާމާއި ފިޒިކަލް ޓްރެއިނަރުގެ މަގާމަށް މީހުން ހޯދުމަށެވެ. މި މަގާމުތަކަށް ދޭން ހަމަޖެހިފައިވަނީ އެއް އަހަރުގެ ކޮންޓްރެކްޓެކެވެ.
އަންހެން ޓީމުގެ ހެޑް ކޯޗަކަށް އެންމެ ފަހުން ހުރި، މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އެފްއޭއެމް އިން މި މަހު ފަސް ވަަނަ ދުވަހު ގެޒެޓްކޮށްފައިވަނީ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާ އަށް ކުރިމަތިލާ ސިޓީ އާއި ސީވީ، އެކިއެކި މުހިންމު ލިޔުންތަކުގެ އިތުރުން، އައިޑީ ކާޑު އަދި ޕާސްޕޯޓް ކޮޕީ، އެފްއޭއެމްގެ [email protected] އަށް މެއިލް ކުރުމަށެވެ.
މީގެ އިތުރުން، އެފްއޭއެމް އިން ވަނީ، 19 އަހަރުން ދަށުގެ ޓީމަށް ދެ އެސިސްޓަންޓް ކޯޗުންގެ މަގާމާއި ފިޒިކަލް ޓްރެއިނަރުގެ މަގާމު، ގޯލްކީޕަރު ޓްރެއިނަރު އަދި ޓީމު ޑޮކްޓަރުގެ މަގާމަށް ހުޅުވާލައިފަ އެވެ. މީގެއިން ކޮންމެ މަގާމަކީ ވެސް ތިން މަސް ދުވަހުގެ ކޮންޓްރެކްޓެކެވެ.
އެފްއޭއެމް އިން މި މަހު ފަސް ވަަނަ ދުވަހު ގެޒެޓްކޮށްފައިވަނީ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާ އަށް ކުރިމަތިލާ ސިޓީ އާއި ސީވީ، އެކިއެކި މުހިންމު ލިޔުންތަކުގެ އިތުރުން، އައިޑީ ކާޑު އަދި ޕާސްޕޯޓް ކޮޕީ، އެފްއޭއެމްގެ [email protected] އަށް މެއިލް ކުރުމަށެވެ.
ނަވާރަ އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ، އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.
ގައުމީ އަންހެން ޓީމާއި 19 އަހަރުން ދަށުގެ ޓީމުގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލެވިފައި ގައުމީ އަންހެން ޓީމާއި 19 އަހަރުން ދަށުގެ ޓީމުގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލެވިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ