ރައުދުން ބަންދުން ދޫކޮށްލާފައި މިވަނީ އެންމެ ފަހުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހި 20 ދުވަހުގެ މުއްދަތު ހަމަނުވަނީހެވެ. ބަންދުން ދޫކޮށްލި ސަބަބު ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރު ކޮށްފައިވާ ރައުދު އަހުމަދު ޒިލާލް މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
ރައުދުން ބަންދުން ދޫކޮށްލާފައި މިވަނީ އެންމެ ފަހުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހި 20 ދުވަހުގެ މުއްދަތު ހަމަނުވަނީހެވެ. ބަންދުން ދޫކޮށްލި ސަބަބު ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.ރައުދު ބަންދުކުރި އަމުރެއް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރުފަހަށް އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް އެކޯޓުން މިއަދު ވަނީ ރައުދު މިހާރު ބަންދުން ދޫކޮށްލާފައިވާތީ މައްސަލަ ބާތިލު ކުރުމަށް އޭނާގެ ފަރާތުން އެދިފައިވާތީ މައްސަލަ ބާތިލުކޮށްފަ އެވެ.ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ ހާދިސާ ހިނގިތާ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށްފައި ވަނީ މިހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކޮށްފަ އެވެ. ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހު ވަގުތާ ޖެހެންދެން ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. އެމަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ކުރިން ވަނީ ދައްކާފަ އެވެ.މި މައްސަލަ ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފަ އެވެ. އެކޮމިޝަނުން މިހާރު ވަނީ ރައުދުއާ ބައްދަލުކޮށް ސުވާލު ކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރައުދު ބަންދުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ