ދައުލަތުގެ ގިނަ ވުޒާރާތަކާއި މުއައްސަސާތައް ބައިވެރިވެގެން ހިންގާ ގޮތަށް، މޯލްޑިވްސް 2.0 ތަސައްވުރަށް ވާސިލުކުރުވަން ސަމިޓެއް ފަށައިފި އެވެ.
ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ހިމެނޭހެން އަދި ދައުލަތުގެ ތިން ބާރު ވެސް ހިމެނޭ ގޮތަށް ފަރުމާ ކުރެވިގެން ކުރިއަށް ގެންދެވޭ ސިޔާސަތެއް ކަމަށެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ކުރިއަށްދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗެއާކުރައްވާ، ޑިޖިޓަލް ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް އިހުސާން ވިދާޅުވި އެވެ.
ޓްރޭޑް ނެޓް މޯލްޑިވްސްގެ އެމްޑީ ސައީދާ އުމަރު ވިދާޅުވީ މޯލްޑިވްސް 2.0 ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ފެށުމުގެ މަގުސަދަކީ ޑިޖިޓަލް ފަސްޓް ނޭޝަންއަކަށް ދިއުމަށް އެންމެން ގުޅިގެން ކުރާ ވަރުގަދަ ދަތުރެއް ކަމަށެވެ.
"ޑިޖިޓަލް ފަސްޓްއޭ އަޅުގަނޑުމެން މި ބުނާ ބަހުގެ މާނައަކީ މީގައި އަޅުގަނޑުމެން ކޮންމެ މުއައްސަސާއަކުން ވެސް ހިދުމަތް ދިނުމުގައި، މުއައްސަސާތައް ހިންގުމުގައި، ޑިޖިޓަލް ގޮތް އިސްކުރުން. އެކަންކަން އެގޮތަށް އިހުތިޔާރުކުރުން،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް 2.0 ސަމިޓް މާދަމާއިން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ރާއްޖެ ޑިޖިޓަލީ ޓްރާންސްފޯމް ވެގެންދާނެ ގޮތާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް ހުރިހާ އިދާރާތަކުން އެއްބަސްވާ ގޮތަށް ކަންކަން ނިންމާނެ އެވެ.
މީގެއިތުރުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާ ވެސް ސަމިޓުގެ ތެރެއިން އެއްބަސްވެވިގެންދާނެ އެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުމެވެ.
މޯލްޑިވްސް 2.0 ތަސައްވުރަށް ވާސިލުކުރުވަން ސަމިޓެއް ފަށައިފި މޯލްޑިވްސް 2.0 ތަސައްވުރަށް ވާސިލުކުރުވަން ސަމިޓެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ