ސިޔާސީ ޕާޓީތަކުގެ ދަފުތަރާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް 694 ޝަކުވާ ލިބިފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީން މިދިޔަ މަހު 23 ގައި ސިޔާސީ ޕާޓީތަކުގެ ދަފުތަރާ މެދު ޝަކުވާ ހުށަހަޅަން ހުޅުވާލިއެވެ. އެ މުއްދަތު މިދިޔަ ހޯމަ ދުވަހަށް ވަނީ ހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވަނީ އީސީއަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސްހިސާބުތައް "ދިޔަރެސް" އާ ހިއްސާ ކުރައްވާފައެވެ.
"ސިމެދަ" ޕޯޓަލް މެދުވެރިކޮށް ނޫނީ ޕާޓީތަކަށް މެންބަރުން ނުވެއްދޭ ގޮތަށް އިން ސިޔާސީ ޕާޓީގެ ގަވާއިދަށް އީސީން ވަނީ މިހާރު އިސްލާހު ގެނެސްފައެވެ.
މި އިސްލާހާއިއެކު މިއަދުން ފެށިގެން ސިޔާސީ ޕާޓީއަކަށް މެންބަރުން ވެއްދޭނީ "ސިމެދަ" ޕޯޓަލް މެދުވެރިކޮށެވެ. ސިމެދަ ޕޯޓަލް ގައި އާންމު ރައްޔިތުންނަށް ހާއްސަ އަދި ސިޔާސީ ޕާޓީތަކަށް ހާއްސަ ޕޯޓަލް އެއް ހުރެއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފުތަރާ ގުޅިގެން އީސީއަށް 694 ޝަކުވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ