ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާގެ އައުޓްލެޓެއް ހުޅުމާލެ ފޭސް 2 ވިނަރެސް ޓަވަރު 2 ގައި މިރޭ ހުޅުވައިފި އެވެ.
ވެލިގާ ހާޑްވެއާގެ އާ ފިހާރަ ހުޅުވައިދެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަބޫބަކުރު އެވެ. ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެލިގާގެ ޕާޓްނަރުންނާއި މުވައްޒަފުން ވެސް ބައިވެރިވި އެވެ.
ވެލިގާ ހާޑްވެއާގެ ސޭލްސް މެނޭޖަރު، މިފްޒާން މުހައްމަދު ވިދާޅުވީ އާ ފިހާރައިން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ގިނަ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށާއި އޭގެ ތެރޭގައި ކްލީނިން ސޮލިއުޝަން ވެސް ހިމެނޭނެ ކަމަށެވެ.
ވެލިގާ ހާޑްވެއާގެ އާ ފިހާރައިން ޕަވާ ޓޫލްސް، ހޭންޑް ޓޫލްސް، ކޮންސްޓްރަކްޝަން މެޓީރިއަލްސް، އިލެކްޓްރިކަލް އަދި ޕްލަބިން ސަޕްލައިސް، ކޮންސްޓްރަކްޝަން އިކިއުޕްމަންޓްސް، އެކި ވައްތަރުގެ ކުލަ އަދި ހޯމް އިމްޕްރޫވްމަންޓް ސޮލިއުޝަންތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
ހުޅުމާލެ ފޭސް 2 ގައި ވެލިގާއިން ހުޅުވި އާ ފިހާރައާ އެކު "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަނެއް ވަނީ ފަށާފަ އެވެ. މިގޮތުން ހުކުރު ދުވަހުން ފެށިގެން ފެބްރުއަރީ 21، ގެ ނިޔަލަށް އެ ފިހާރައަށް ގޮސް ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީޑްރޯއިން ހޮވޭ އެއް ނަސީބުވެރިޔަކަށް 10،000ރ. ގެ ގިފްޓް ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ޕްރޮމޯޝަން މުއްދަތުގައި ފިހާރަށް ޒިޔާރަތްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއިން ހޮވޭ އިތުރު 10 މީހަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ވެލިގާ ހާޑްވެއާ އަދި އެ ކުންފުނީގެ ދަށުން ހިންގާ ބްލަންކްގެ ފިހާރަތަކުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ރޯދަ ސޭލްއެއް ވެސް ވެލިގާ ހާޑްވެއާއިން ވަނީ ފަށައިފަ އެވެ.
ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި 100ރ. ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް 20،000ރ. ގެ ވައުޗަރެއް އަދި އިތުރު 10 ނަސީބުވެރިޔަކަށް 5،000ރ. ގެ ވައުޗަރު ދޭނެ އެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދަނީ އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުން ކޮށްގެން ކަމަށްވާއިރު، ވިޔަފާރި ކުރާ ކަސްޓަމަރުގެ ފޯނު ނަންބަރު ދިނުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ފާހާނާ އާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއްތަނަކުން ފޯރުކޮށްދިނުމުގެ ބޭނުމުގައި "ބްލަންކް" ބްރޭންޑުގެ ދަށުން މާލެ އަދި ހުޅުމާލެ ފޭސް 1 ގައި ވެސް ފިހާރައެއް ހުރެ އެވެ.
ވެލިގާ އޮންލައިން ފިހާރައިން ހުރިހާ ސާމާނުތައް ވަގުތުން ބަލައި އޯޑަރު ދެވޭނެ އެވެ. ޑެލިވާ ވެސް ކޮށްދެ އެވެ.
މީގެ 15 އަހަރު ކުރިން 2008 އިން ފެށިގެން ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާއަކީ މިހާރު ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގައި އެންމެ މަތީފަންތީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއް ވިއްކާ ކުންފުންޏެވެ.
ވެލިގާއިން ވިއްކާ ބްރޭންޑްތަކުގެ ތެރޭގައި މެޓާބޯ، ޔާޓޯ، ސަޓާ، ނިފެކްސް، ވެރާ، ވީއާރުއެޗް، މެޑްކާފަދަ ބްރޭންޑްތައް ހިމެނެ އެވެ.
ވެލިގާ ހާޑްވެއާގެ އައުޓްލެޓެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި ވެލިގާ ހާޑްވެއާގެ އައުޓްލެޓެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ