އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް، ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލާ ބައްދަލުކުރައްވައިފި އައްޑޫގެ މިސްކިތްތައް މަރާމާތުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސަރުކާރުގެ ސްކޫލްތަކަށް ހަދިޔާކުރުމަށް 20،000 މުސްޙަފު ހަވާލުކޮށް

އިސްލާމް ދީނުގެ ސައްޙަ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމުގެ ދަށުން ގދ. ގައްދޫގައި ދަންފަޅިއެއް ކުރިއަށް ގެންގޮސްފިއެވެ.
ގދ. ގައްދޫ ސްކޫލްގެ ބެލެނިވެރިންނާއި މުދައްރިސުންނާއި މުއައްސަސާތަކުގެ ފަރާތްތަކަށް ކުރިއަށް ގެންދިޔަ މި ދަންފަޅި ނަންގަވައިދެއްވީ އައްޝައިޚް މަންސޫރު އާދަމް އަދި އައްޝައިޚް އަލީ ޒައިދުއެވެ.
މި ދަންފަޅީގައި އަލިއަޅުވާލާފައިވަނީ “ޝަހާދަތުގެ ދެކަލިމަ” މި މަޢުޟޫ އަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދިނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްތިރާޖީ ޕްލޭނެއްގެ ދަށުން ރޭވިގެން ކުރިއަށް ގެންދެވޭ ޕްރޮގުރާމެކެވެ.
އެ ގޮތުން ފާއިތުވި އަހަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ރިސާލަތުގެ ގިނަ ޕްރޮގުރާމުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ