އެންޑްރޮއިޑް ފޯނުތަކުގެ ލޮކް ސްކްރީނުގައި ޖެމިނައި އެކްސްޓެންޝަން މިހާރު މަސައްކަތްކުރާނެ
އެންޑްރޮއިޑް ފޯނުތަކުގެ ލޮކް ސްކްރީނުގައި ޖެމިނައި އެކްސްޓެންޝަންތައް މަސައްކަތްކުރާނެ ގޮތަށް ތަރައްޤީކޮށްފައިވާ ކަމަށް ގޫގުލްއިން އިޢުލާނުކޮށްފިއެވެ. މީގެ ކުރިން ލޮކް ސްކްރީނުގައި ޖެމިނައިއަށް ބައެއް ކަންތައްތައް ކުރެވުނު ނަމަވެސް، އެކަންކަން ކުރެވުނީ ގޫގުލް އެސިސްޓެންޓް މެދުވެރިކޮށެވެ. މިސާލަކަށް ފްލޭޝްލައިޓް އަލިކުރުމާއި އެލާމް ސެޓްކުރުން ފަދަ ކަންކަމެވެ. ނަމަވެސް މިހާރު ލޮކް ސްކްރީނުގައި އެކްސްޓެންޝަންތައް މަސައްކަތްކުރާނެތީ، މިފަދަ ކަންކަން ޖެމިނައިއަށް އަމިއްލައަށް ކުރެވޭނެއެވެ. ގޫގުލްގެ ސަޕޯޓް ޕޭޖެއްގައި މި އައު ފީޗާއާ ބެހޭ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އެކްސްޓެންޝަންތައް ފުރަތަމަ ތަޢާރަފުކުރެވުނީ މިދިޔަ އަހަރެވެ.. މީގެ ސަބަބުން ޖެމިނައިއަށް ފޯނުގެ އެކި އެޕްތަކާއި ފަންކްޝަންތަކާ ގުޅިގެން މަސައްކަތްކުރެވެއެވެ. މިހާތަނަށް މި އެކްސްޓެންޝަންތައް ލިބެން ހުރީ ވެބް ކްލައެންޓް އާއި އެންޑްރޮއިޑް އެޕް އަދި ޖެމިނައި އޭއައި އެސިސްޓެންޓްގައެވެ. ނަމަވެސް ލޮކް ސްކްރީނުގައި މަސައްކަތް ނުކުރެއެވެ. އެހެންކަމުން އެލާމެއް ސެޓްކުރުން ފަދަ އާދައިގެ ކަމެއް ކުރުމަށް ވެސް ޖެމިނައިއަށް ޖެހެނީ ގޫގުލް އެސިސްޓެންޓް އެކްޓިވޭޓްކުރާށެވެ. ޖެމިނައި އެކްސްޓެންޝަން ލޮކްސްކްރީންގައި މަސައްކަތް ކުރިނަމަވެސް، ބައެއް އިތުރު މަސައްކަތްތައް، ކުރުމަށް އަދިވެސް ފޯނު އަންލޮކް ކުރަންޖެހެއެވެ. ވަކިން ޚާއްޞަކޮށް އެޕްތަކުން އަމިއްލަ މަޢުލޫމާތު ބޭނުންކުރަންޖެހޭ އިރު އެފަދަ ކަންކަން ކުރުމަށް އަދިވެސް ފޯނު އަންލޮކްކުރަން ޖެހޭނެއެވެ. މި އައު ފީޗާގެ ސަބަބުން އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ލޮކް ސްކްރީނުގައި ވެސް ޖެމިނައިގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ