ޓްރީ ޓޮޕުން ވޭމަންޑޫގައި ހެލްތު ކޭމްޕު ބާއްވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ފަރުވާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހެލްތު ކޭމްޕުތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކޭމްޕު ތ. ވޭމަންޑޫގައި ބޭއްވުމަށް ނިންމައިފިއެވެ.އެ ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން އެކި ބާވަތުގެ ސްކްރީނިން އާއި ހޭލުންތެރިކަމުގެ ސެޝަންތައް އޮންނާނެ އެވެ. އެ ހެލްތު ކޭމްޕަކީ އާއްމުންގެ މެދުގައި ސިއްހީ ހޭލުންތެރިކަމާއި ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓް ކުރުމަށް އެ ހޮސްޕިޓަލުން ބާއްވަމުންދާ ކޭމްޕުތަކެކެވެ.އެ ކޭމްޕުގައި ބައިވެރިވެވަޑައިގަތް ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ:- ކަށީގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. މުހައްމަދު ހަބީބް އާއި ޑރ. އަލީ މުޒްނީ- ކަރުންމަތީގެ ހާއްސަ ޑޮކްޓަރު، ޑރ. ރާޖޭޝް ވާލަންދް- ކުޑަކަމުދާ ނިޒާމުގެ ޑޮކްޓަރު، ޑރ. މެހްމަތް އޮޑާ- ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. ތެހްޒީބް ފާރުގީ- ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަނޫ އަގްރަވާލް- ރާއްޖެ ބަލީގެ ހާއްސަ ޑޮކްޓަރު، ޑރ. ޖިވާން ޕައުޑެލްޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ކޭމްޕް ބާއްވަނީ ކޮޅުމަޑުލު ކައުންސިލް އަދި ތ. އަތޮޅު ހޮސްޕިޓަލާ ގުޅިގެންނެވެ. މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުން އަށްވަނަ ދުވަހުގެ ނިޔަލަށެވެ.ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ.އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއެކު، ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ޚާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ވެސް ބުންޏެވެ.ޓްރީޓޮޕުން ހިންގާ ކޭމްޕާގުޅޭ އިތުރު މައުލޫމާތު ހޯއްދުމަށް 3351630 އަށް ގުޅުއްވުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ